މީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 5 އިންސައްތަ އިތުރުވުމެކެވެ. މިދިޔަ އަހަރު އޮކްޓޫބަރުގެ މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 88 މިލިއަން ރުފިޔާއެވެ.
މިރާގެ ހިސާބުތައް ދައްކާގޮތުން މިއަހަރު އޮކްޓޫބަރު މަހު މުދަލު ޒަކާތުގެ ހޮތުގައި ލިބުނީ 5.5 މިލިއަން ރުފިޔާއެވެ. މީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ލިބުނު އަދަދަށްވުރެ ދަށް މިންވަރަކެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 5.6 މިލިއަން ރުފިޔާއެވެ.
މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ އަދަދަށް އެންމެ ފަހުން ބަދަލު ގެނައީ މިދިޔަ ޖުލައި އެވެ. އެ ގެނައި ބަދަލާއި އެކު މިހާރު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 11،191.95 ރުފިޔާ އެވެ.
އެމީހެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރު ވުމުން ޝަރުއީ ހަމަތަކާ އެއްގޮތަށް ޒަކާތް ދައްކަން ޖެހެއެވެ. ޒަކާތް ދައްކަން ޖެހޭނީ އޭގެ 40 ބައިކުޅަ އެއްބަ އެވެ. އެއީ 2.5 އިންސައްތައެވެ.