ads
ބޮޑު ޖަލްސާއަށް މަގު ބަންދުކުރުމުން ފަސް ރޫޓެއްގެ ބަހުގެ ހިދުމަތް މެދުކަނޑާލައިފި
ވެރިކަންކުރާ ޕީއެންސީން މިރޭ މާލޭގައި ބާއްވާ ބޮޑު ޖަލްސާއާ ގުޅިގެން، މާލެ އާއި ހުޅުމާލެ އާއި ދެމެދުގައި ދަތުރުކުރާ ބައެެއް ބަސް ރޫޓުތަކުގެ ދަތުރުތައް އެމްޓީސީސީން މެދުކަނޑާލައިފި އެވެ.
Advertisement

ސަރުކާރަށް ތާއީދު އޮތް މިންވަރު ދެއްކުމަށްޓަކައި މިރޭ ޕީއެންސީން އާޓިފިޝަލް ބީޗުގައި  ބޮޑު އެއްވުމެއް ބާއްވާތީ ހެންވޭރުގެ ބޮޑު ސަރަހައްދެއްގެ ޓްރެފިކް ފްލޯއަށް ފުލުހުން ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ބޮޑުތަކުރުފާނު މަގާއި މަޖީދީ މަގުން ބައެއް ވަނީ އުޅަނދުތައް ނުވެދެެވޭގޮތަށް ބަންދުކޮށްފައެވެ. 

ބަންދުކުރި ސަރަަހއްދަކީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ބަސްތައް މަޑުކޮށް މީހުން އަރުވާ ބަލާ ޕޮއިންޓްތައްވެސް ހިމެނޭ ސަަރަހައްދުތަކެވެ. 

މިކަމާއި ގުޅިގެން އެމްޓީސީސީން ބުނީ މިރޭ 18:00 އިން ފެށިގެން ދަންވަރު 12:30 އާ ހަމައަށް އާޓިފިޝަލް ބީޗުގެ ސަރަހައްދުގެ މަގުތައް ބަންދުކޮށްފައިވާތީ އެ ކުންފުނިން ފޯރުކޮށްދޭ ފަސް ރޫޓެއްގެ ބަހުގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށެވެ. އެ ރޫޓްތަކަކީ އާރު2 އާއި އާރު8 އާއި އާރު10 އަދި އާރު11 އާއި އާރު12ގެ ދަތުރުތައް ކަމަށް އެމްޓީސީސީން ބުނެއެވެ. 

ޕީއެންސީގެ ޖަލްސާއަށްް ސަލްމާން މިސްކިތާއި ހަމައިން ރައީސް ޔާމީންގެ ގެ ހުންނަ ލޮނުޒިޔާރަތްކޮޅު ރާޅުގަނޑު ސަރަހައްދާއި ހަމައަށް އެއްވެސް އުޅަނދަކަށް ނުވަދެވޭނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ހެންވޭރު ދަނޑުގެ އިރުން ފެށިގެން ބޮޑުތަކުރުފާނު މަގާއި ހަމައަށް މަޖީދީމަގުން އޮންނަ ސަރަހައްދުވެސް އެެއްކޮށް ބަންދުވާނެކަމަށް ފުލުހުން ބުނެއެވެ. 

މީގެއިތުރުން ސޯސަން މަގުން ފެށިގެން އިރަށް މަޖީދީމަގާއި ވަށައިގެންވާ ސަރަހައްދުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ދުއްވުންވެސް ވަނީ މަނާކޮށްފަ އެވެ. 

ވެރިކަން ކުރާ ޕީއެންސީން މިރޭ ބާއްވާ ޖަލްސާއަށް ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ މީހުން ވަނީ ގެނެސްފަ އެވެ. މި ގޮތުން ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު، އޭ330-200، ފުރަތަމަ ފަހަރަށް އައްޑޫ ސިޓީ، ގަމަށް ދަތުރުކޮށް ޖަލްސާގައި ބައިވެރިވުމަށް މީހުން ވަނީ ގެނެސްފައެވެ. 

މީގެއިތުރުން ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކަށްވެސް ޗާޓަރު ފްލައިޓްތައް ބާއްވާ މީހުން ވަނީ މާލެ ގެނެސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް