މި ދެމަފިރިންނަށް މިފަހަރު ލިބިފައިވަނީ ފިރިހެން ދަރިއެކެވެ. ނަމަވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ވިހެއުމަށްފަހު މާ ގިނަ ދުވަސްތަކެއް ނުވެ ކާޑީ ބީ ކަސްރަތުކުރުމަށް ޖިމަކުން ފެނުމުންނެވެ.
ދަރިފުޅު ވިހެއިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ނިއު ޖާޒީގައި ހުންނަ ޖިމެއްގެ ތެރެއިން ކާޑީ ބީ ވަނީ ފެނިފައެވެ. އާންމުކޮށް ވިހެއުމަށްފަހު އަންހެނުން އަރާމުކުރާއިރު، ކާޑީ ބީ މިހާ އަވަހަށް ކަސްރަތުކުރަން ފެށުމުން އޭނާގެ ގިނަ ސަޕޯޓަރުން ވަނީ ހައިރާންކަން ފާޅުކޮށްފައެވެ. މިއީ އޭނާގެ ފިޓްނަސް އަށް ދޭ ސަމާލުކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ބައެއް މީހުން ދެކެއެވެ.
ކާޑީ ބީ އަވަސްއަރުވާލައިގެން ޖިމަށް ދިއުމުން ދޭހަވަނީ އޭނާގެ ކުރިއަށް އޮތް މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމެވެ. މިގޮތުން، އޭނާގެ އާ މިއުޒިކް އަލްބަމެއް ނެރުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އާ ދަރިފުޅާއެކު އާއިލީ ހަޔާތާއި ކެރިއަރުގެ ކަންކަން ކާޑީ ބީ ބެލެންސްކުރަމުން އަންނަ ގޮތުން އޭނާގެ ހީވާގިކަން ފާހަގަކުރެވެއެވެ.