ސޯޝަލް މީޑިއާގައި އޭނާގެ ވާހަކަ ދައްކަމުން ބައިލްސް ބުނީ، މިފަދަ ކަންކަމުގައި ވާހަކަ ދެއްކުމަކީ މުހިންމު ކަމެއް ކަމަށެވެ.
ބައިލްސް ވަނީ އޭނާގެ ލޮލުގެ ތިރީގައިވާ ހަންގަނޑު ރީތިކުރުމަށް "ލޯވަ ބްލެފަރޯޕްލާސްޓީ" ނަމަކަށް ކިޔާ އޮޕަރޭޝަނެއް ކޮށްފަ އެވެ. އޭނާ ބުނީ، މިއީ ވެސް އޭނާގެ ސިފައާ މެދު އޭނާ ދެކެމުން އައި "ބޮޑު އައިބެއް" ރަނގަޅު ކުރުމަށް ކުރި ކަމެއް ކަމަށެވެ. މި އޮޕަރޭޝަނަކީ ލޮލުގެ ދަށުގައިވާ ދުޅަކަން ނައްތާލުމަށް ކުރާ އޮޕަރޭޝަނެކެވެ.
ސިމޯން ބައިލްސް
ސޯޝަލް މީޑިއާގައި މިކަން ހިއްސާކުރަމުން ބައިލްސް ވަނީ މިފަދަ ކަންކަމުގައި ތެދުވެރިވުމުގެ މުހިންމުކަމަށް ބާރުއަޅާފަ އެވެ. އޭނާ ދެކޭ ގޮތުގައި، ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދައްކާ ފުރިހަމަ ސިފައަކީ އަބަދުވެސް ހަގީގަތް ނޫން ކަމަށާއި، މިފަދަ ކަންކަމާ ގުޅޭގޮތުން ވާހަކަ ދެއްކުމުން އެކަމާ ގުޅިފައިވާ ނޭދެވޭ ތައް ނައްތާލެވޭނެ ކަމަށެވެ.