ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ބަޔޯމެޓްރިކްސް އަޕްޑޭޓް ކުރުމުގެ މުއްދަތު މާދަމާއަށް ހަމަވުމާއެކު، އޭގެ އަނެއް ދުވަހު ހިންގާ އޮޕަރޭޝަނުގައި އެކަން ފުރިހަމަ ނުކުރާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
ރާއްޖޭގައި މީގެ ފަހުން ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ އެއްވެސް ބިދޭސީއަކަށް ނުހުރެވޭނެ ކަމަށާއި އެގޮތަށް އުޅޭ ބިދޭސީންގެ މައުލޫމާތުތައް ކަމާ ބެހޭ އިދާރާތަކާ ހިއްސާކުރަން މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ މިދިޔަ ދެ އަހަރުގެ ތެރޭގައި ވެސް ވަނީ ރާއްޖޭގައި އެކި ކުށްތަކަށް އަރައިގަންނަމުން އައި ބިދޭސީން ހިމެނޭ ގޮތަށް 9،021 ބިދޭސީއަކު ޑީޕޯޓްކޮށްފައިވާ ކަމަށެވެ.
ބިދޭސީންގެ މައްސަލައިގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ވެސް ހިންގި އެންމެ ބޮޑު މަސްތުވާތަކެތީގެ އޮޕަރޭޝަން އިއްޔެ ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގައި ޑްރަގުގެ ވިޔަފާރިކުރާ 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ