ads
ހުތުބާ ކިޔުމުގެ ތަމްރީނުން ފާސްވެ ހުއްދަ ލިބުނު ކައުންސިލަރުން އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅުންނާއި އެކު
ކައުންސިލަރުން ތަމްރީނުކޮށް ހުތުބާ ކިޔަން ހުއްދަދީފި
ބައެއް ރަށްރަށުގައި ހުތުބާ ކިޔާނެ މީހުން ނެތުމުން ރަށު ކައުންސިލަރުން ތަމްރީނުކޮށް ހުތުބާ ކިޔަން ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފިއެވެ.
Advertisement

އެ މިނިސްޓްރީން ބުނީ ބައެއް ރަށްރަށުގައި ހުތުބާބާ ކިޔާ މީހުން ލިބުމުގައި އޮތް ދަތިކަން ފިލުވުމަށް ކައުސިލަރުންގެ ތެރެއިން ގާބިލުކަން ހުރި ފަރާތްތަކަށް ހުތުބާ ކިއުމުގެ ހުއްދަ ދިނުމަށް ފުރަތަމަ ފަހަރަށް މިނިސްޓްރީން ހިންގި ޕްރޮފެޝަނަލް ހަތީބުން ޕްރޮގްރާމް ފުރަތަމަ ބުރު ނިމިފައިވާކަމަށެވެ. 

މި ޕްރޮގްރާމް ނިންމި ފަރާތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ އުސޫލުގެ ދަށުން 36 ފަރާތަކަށް ހުތުބާ ކިޔުމުގެ ހުއްދަދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި އެ ފަރާތްތަކަށް ހުތުބާ ކިއުމުގެ ހުއްދައާއި ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ހުއްދަވެސް ދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

ކައުންސިލަރުން ހުތުބާ ކިޔުމަށް ތަމްރީނުކުރަން ބޭއްވި ޕްރޮގްރާމް ނިންމާ ފާސްވި ފަރާތްތަކަށް ރޭ ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. އެ ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. 

ހަތީބުން މަދުވުމުގެ މައްސަލައަށް ހައްލު ހޯދުމަށް އިސްލާމިކް މިނިސްޓްރީން ފަށާފައިވާ އެންމެ ބޮޑު އެއް މަސައްކަތަކީ ޒުވާން ހަތީބުން ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ ތިން ބުރެއް މިހާތަނަށް ކުރިއަށް ގެންގޮސްފައިވާއިރު، 500 އަށްވުރެ ގިނަ ހަތީބުން މިހާތަނަށް ސަނަދު ހާސިލްކޮށް މިސްކިތަކުގައި އަންނަނީ ހުކުރު ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް