ads
ފުލުހުން މަގުމަތި ޕެޓްރޯލްކުރަނީ
ރަހީން ކުރި ކުށުގައި ދައުވާކޮށްފައިވާ މީހަކު އަނެއްކާ ވެސް ހައްޔަރުކޮށްފި
މީގެ ކުރިން މީހަކު ރަހީނުކޮށް އަނިޔާ ކުރި މައްސަލައެއްގައި ދައުވާކޮށްފައިވާ މީހަކު އަނެއްކާ ވެސް މީހަކަށް ބިރު ދައްކައިގެން ހައްޔަރުކޮށްފި އެވެ. މީހަކު ރަހީނުކުރި މީހާ، މީހަކަށް ބިރު ދައްކައިގެން ހައްޔަރު ރަހީންކޮށްގެން ދައުވާކޮށްފައިވާ މީހަކު އަނެއްކާ ހައްޔަރަށް
Advertisement

އެ މީހަކީ ގދ ގައްދޫ. ފެތިރޯނުގެ، އަބްދުﷲ މުތުއިމް މުހައްމަދެވެ.

މި މީހާ އަނެއްކާވެސް މީހަކަށް ބިރު ދައްކައިގެން ހައްޔަރުކޮށް ކޯޓަށް ގެންދިޔުމުން ވަނީ 15 ދުވަސް ބަންދު ޖަހާދީފައެވެ. ފުުލުހުން އެދުނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށެވެ. އެހެންނަމަވެސް ބަންދުގެ މަޖިލީހުގައި އިންނެވި ގާޒީ ނިންމެވީ ޝަރިއަތް ނިމެންދެން ބަންދު ކުރަން ނިންމާނީ މައްސަލަ ބަލާ ގާޒީކަމަށެވެ. 

މި މީހާވަނީ 2022 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި މާލޭ ގެސްޓްހައުސްއަކަށް މީހަކު ގެންގޮސް ރަހީނުކުރި މައްސަލައިގައި  ހައްޔަރުކޮށް ދައުވާވެސް ކޮށްފައެވެ. އެ މީހާ ރަހީނުކޮށް އޭނާއަށް އަނިޔާކޮށް ފައިސާ ފޭރިގަނެފައިވާ ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ. 

މީގެއިތުރުން މި މިހާގެ ކުށުގެ ރެކޯޑްތައް ދައްކާގޮތުން މީނާއަކީ މާލޭ ފާމަސީއެއްގެ ތިޖޫރީއެއް ވަގަށް ނެގި ކަމުގެ ކުށް ސާބިތުވެ ހުކުމްވެސް އިއްވާފައިވާ މީހެކެވެ. އެއީ ޖޫން 4, 2020 ގެ 4:00 ހާއިރު މީނާއާ އިތުރު ބަޔަކު ގުޅިގެން މާލޭގައި ހުންނަ ސެންޓްރަލް މެޑިކަލް ސެންޓަރުގެ ފާމަސީގެ ދޮރު ހަލާކުކޮށްގެން ވަދެ އެތަނުގެ ތިޖޫރީ ވަގަށް ނެގި މައްސަލައެކެވެ. އެ މައްސަލާގައި އޭނާ ވަނީ 28،800 ރުފިޔާގެ ޖޫރިމަނާވެސް ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް