ރިޕޯޓްތައް ބުނާ ގޮތުން، ޖަލުގައި އިން ބައްސާމްވަނީ މިއަދު އޮތް ޝަރިއަތަށް ހާޒިރުވާން ގޮޅިން ނުކުންނަން ދެކޮޅު ހަދައިފައެވެ.
ބައްސާމާ ދެކޮޅަށް ހުށަހަޅާފައިވާ ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު 8:15 އަށް ތާވަލުކޮށްފައިވެ އެވެ.
ބައްސާމްގެ ޝަރީއަތުގެ އަޑުއެހުން ނުފެށި ލަސްވަނީ ޖަލުގެ ގޮޅިން އޭނާ ނުކުންނަން ދެކޮޅު ހަދަމުންދާތީ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ބައްސާމް ޖަލުން ނުކުންނަން ދެކޮޅު ހެދީ ޖަލު ހެދުން ލައްވައި، ބިޑި އަޅުވައިގެން ގެންނަން ކަރެކްޝަނަލް ސާވިސް އިން މަސައްކަތް ކުރުމުންނެވެ.