ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 18 އަހަރުން މަތީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ޓެކްސީ އަދި މަސްވެރިންގެ ދަފްތަރުގައި ތިބި ފަރާތްތަކަށްވެސް ފްލެޓް ލިބޭނެކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

Advertisement
މިނިސްޓްރީން މިހާރު ވަނީ ފްލެޓް ދޫކުރަން ހަމަޖެހިފައިވާ ކެޓަގަރީތައް އިއުލާންކޮށްފައެވެ. އެގޮތުން މި ސިޔާސަތުގެ ދަށުން 7500 ފްލެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ފްލެޓް ލިބޭ އުސޫލުގައިވާ ގޮތުން މާލޭގެ ރައްޔިތުންނަށް 4000 ފްލެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާލޭގައި އުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1500 ފްލެޓް ވަނީ ކަނޑައަޅާފައެވެ.
މާލޭ ރަށްވެހިންނަށް ދޭ ފްލެޓްތައް
- އުފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް: 2500 ފެލްޓް
- މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް: 1000 ފްލެޓް
- ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް: 500 ފްލެޓް
- ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަންދެވޭ ކެޓަގަރީތައް
- 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން: 100 ފްލެޓް
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް: 100 ފްލެޓް
- އަލަތު ކައިވެނި ކުރާ ފަރާތްތައް/ ޒުވާން އާއިލާތައް : 250 ފްލެޓް
- މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް: 50 ފްލެޓް
- މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ މުވައްޒަފުން: 200 ފްލެޓް
- މާލޭގައި އާއިލާ ބިނާކޮށްފައިވާ ޖުޑިޝިއަރީގެ މުވައްޒަފުން: 100 ފްލެޓް
- މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް: 100 ފްލެޓް
- މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމުވެފައިވާ ފަރާތްތައް: 50 ފްލެޓް
- ވެށިފަހި މާލެ އާއި ހިޔާ މަޝްރޫޢުން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފުލެޓް ހަވާލުކޮށްފައިނުވާ ފަރާތްތައް: 300 ފްލެޓް
- ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތި މާލޭގައި ދިރިއުޅެމުންދާ ފަޤީރު އާއިލާތަކަށް ބޯހިޔާވަހިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން ކަނޑައަޅާ ދައުލަތުގެ މުއައްސަސާއަކުން ހަދާ އެސެސްމަންޓަކުން ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭކަމަށް ކަނޑައަޅާ ފަރާތްތައް: 50 ފްލެޓް
ހައުސިން މިނިސްޓްރީން ބުނީ ގޯއްޗަށް އެދުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތި 04 ޖަނަވަރީ 2026 އިން ފެށިގެން 03 މާރިޗު 2026 ގެ ނިޔަލަށް ޕޯޓަލް މެދުވެރިކޮށް ހުޅުވާލާނެކަމަށެވެ. އެގޮތުން އެޕްލިކޭޝަން ހުށަހެޅޭނީ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު" ނުވަތަ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލު" ގެ ތެރެއިން ކޮންމެވެސް އެއް އުސޫލެއްގެ ދަށުންކަމަށެވެ.