ads
އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު
އައްޑޫ މޭޔަރުކަމަށް މިހާރުގެ މޭޔަރު ނިޒާރުގެ ޝައުގުވެރިކަން
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ މޭޔަރުކަމަށް މިހާރުގެ މޭޔަރު އަލީ ނިޒާރު އެމްޑީޕީ ޓިކެޓް ވާސަ ކުރަން ޝައުގުވެރިކަން ފަޅުކުރައްވައިފިއެވެ.
Advertisement

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓްލުން އަންނަ އަހަރުގެ މާރިޗުމަހުގެ 28 ވަނަ ދުވަހު ބާއްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އުއލާންކޮށްފައެވެ. އަދި އިންތިހާބުގައި ވާދަކުރަން ނަން ހުށައަޅަން އަންނަ ޖެނުއަރީ މަހުގައި ހުޅުވާލާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. 

އަންނަ ލޯކަލް ކައުންސިލް ިއންތިހާބުގައި އެމްޑީޕީ ޓިކެޓްގައި އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރަން ޝައުގުވެރިކަން ފަޅުކޮށްފައިވަނީ މިހާރު މޭޔަރުކަމުގައި އަލީ ނިޒާރު އެކަނިއެވެ. 

އަންނަ އަހަރު ބާއްވަން ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ މެމްބަރުން ނަން ހުށައަޅަން އިދިކޮޅު އެމްޑީޕީން މިދިޔަ އޮގަސްޓްމަހު ހުޅުވާލިއެވެ. އަދި ޕްރައިމަރީގެ ޓައިމްލައިން ފަހުގެ ތާރީހެއްގައި އާއްމުކުރާނެކަމަށްވެސް އެމްޑީޕީން ބުނެއެވެ. 

ކައުންސިލްގެ އިންތިހާބުގައި އެކި ދާއިރާތަކަށް ޕާޓީތަކުން ވާދަކުރާ ފަރާތްތައް އަދި ނޭނގެއެވެ. އެހެންނަމަވެސް މާލޭ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ތެރޭގައިވަނީ ފޯރިގަދަވެފައެވެ. އެގޮތުން މާލޭގެ މޭޔަރުކަމަށް އެމްޑީޕީން މިހާރުގެ މޭޔަރު އާދަމް އާޒިމާއި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް