މި ދެ ގޮނޑި ރާއްޖެއަށް ހަވާލުކުރުމަށް މިއަދި ވަނީ ފޮރިން މިނިސްޓްރީގައި ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އިނގިރޭސި ސަރުކާރުގެ ފަރާތުން މި ދެ ގޮނޑި ރާއްޖެއާ ހަވާލުކޮށްދެވީ ސަފީރު ނިކޮލަސް ޑޭވިޑް ލޯ އެވެ. ރާއްޖޭގެ ފަރާތުން ގޮނޑި އާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލުއެވެ.
ގޮނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިޔާތުގައި ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރުވެސް ބައިވެރިވެވަޑައިގަތެވެ.
މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރި ދެ ގޮނޑި ރާއްޖެއަށް ހަދިޔާކުރުމުގެ ތެރެއިން
މި ރަސްމިއްޔާތުގައި މިނިސްޓަރު ހަލީލް ވަނީ ރާއްޖެއިން މިނިވަންކަމަށް ފުރަތަމަ އެޅި މުހިއްމު ފިޔަވަޅުގެ ތާރީހީ ހަނދާނެއް ރާއްޖެއަށް ހަދިޔާކުރުމުން އިނގިރޭސި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިކަމުން ދެ ގައުމުގެ ގާތްގުޅުން ދައްކުވައިދޭކަމަށްް މިނިސްޓަރު ހަލީލް ވިދާޅުވިއެވެ.
ރާއްޖެއަށް މިނިވަންކަން ލިބުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ޖުލައި 26، 1965 ގައި ރާއްޖެއަށް މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައެވެ. އިނގިރޭސިންގެ ހިމާޔަތުން ރާއްޖެ ނެއްޓި މިނިވަންކަމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން އޭރުގެ ވަޒީރުލް އައުޒަމް އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުއެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން މިއެގްރީމެންޓްގައި ސޮއިކުރެއްވީ ސްރީލަންކާގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނާ ސާ މައިކަލް ވޯކާއެވެ