ads
ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް
ކުރިއަށް އޮތީ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށްދާނެ ދުވަސްތައް: ނައިބް ރައީސް
ކުރިއަށް އޮތް ތިން އަހަރަކީ ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށްގެންދަވާނެ ތިން އަހަރު ކަމަށް ނައިބް‎ ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
Advertisement

ސަރުކާރަށް މިއަދު ދެ އަހަރު ފުރުމާ ގުޅިގެން ދައުލަތު މީޑިއާ "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި ނައިބް ރައީސް ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހައްގުތައް ފޯރުކޮށްދިނުމަށްވެސް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި، އަދި އެކިއެކި ހިދުމަތްތައް ލިބުމުގައި ލުއި ފަސޭހަ ގޮތްތައް ސަރުކާރުން ހަމަޖައްސަވައި ދެއްވަމުން އަންނަ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު ކަންކަން ކުރައްވަމުން ގެންދަވަނީ ނިޒާމެއްގެ ތެރެއިން ކަމަށާއި އެއީ ހަމަ ހުންނަވާފައި ކުރައްވާ ކަމަށްް ކަމަކަށް ނުވާތީ އެ މަސައްކަތްތަކަށް ވެސް ވަގުތު ބޭނުންވާނެ ކަމަށެވެ. ރައީސް މަސައްކަތް ކުރައްވަނީ މުއައްސަސާތައް ހަރުދަނާކުރައްވައި އެ ތަންތަނަށް ދޭން ޖެހޭ ގާނޫނީ ބާރު ވެސް ދެއްވައިގެން ކަމަށް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތިން އަހަރަކީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރުގެ މައްޗަށް ބިނާވެފައިވާ ގައުމީ ތަރަައްގީގެ ގިނަ މަޝްރޫޢުތަކެއް ހިންގޭނޭ ތިން އަހަރު" ނައިބް ރައީސް ވިދާޅުވި އެވެ. 

ސަރުކާރަށް ރައްޔިތުން މިހާތަނަށް ދެއްވާފައިވާ ތާއީދާއި ކުރައްވާ އިތުބާރު، ރައީސުލްޖުމްހޫރިއްޔާ ދަމަހައްޓަވަމުން ގެންދަވާނޭކަމުގެ ޔަގީންކަން ނައިބު ރައީސް ދެއްވި އެވެ. އަދި، ގައުމުގައި ހުރި މުހިންމު ކަންކަމަށް ހައްލު ހޯއްދަވައިދެއްވައި، އަސާސީ ހައްގުތައް ކަށަވަރުކޮށްދެއްވައި، އާމްދަނީ އިތުރުކޮށް، އިގުތިސާދީ އަދި އިޖުތިމާޢީ ހަމަޖެހުން ކަށަވަރުކުރުމުގައި ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރައްވަމުން ގެންދަވާނޭ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.

ނައިބު ރައީސް ވިދާޅުވީ ގޮންޖެހުންތަކާ އެކު ވެސް ބާރު ސްޕީޑުގައި ރައީސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ރައީސާ އެކު މަސައްކަތް ކުރައްވަނީ ވަރަށް ބަދަހިކޮށް، އެކުވެރިކަމާ އެކުގައި ކަމަށާއި ހުރިހާ މަސައްކަތްތަކެއްގައި ވެސް ރައީސްގެ ލަފަޔާއި އިރުޝާދު ލިބިވަޑައިގަންނަވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް