ޑީޑޮސް ފަދަ ހަމަލާތަކުން ސަލާމަތްކުރުމަށް ބޭނުންކުރާ ކްލައުޑްފްލެއާގެ ހިދުމަތް ބޭނުންކުރާ މަޝްހޫރު އެތައް ވެބްސައިޓަކާއި އެޕްތަކެއް ވެސް ވަނީ މި މައްސަލައާ ހެދި ނުވަދެވޭ ގޮތް ވެފަ އެވެ. މިއީ ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް އަސަރުކުރި ކަމެކެވެ.
ރާއްޖޭގެ ވެސް އެތައް ވެބްސައިޓަކަށް ވަނީ މައްސަލަ ދިމާވެފަ އެވެ.
ކްލައުޑްފްލެއާ އަކީ އިންޓަނެޓް އިންފްރާސްޓްރަކްޗާ ކުންފުންޏެކެވެ. ސައިބަ އެޓޭކްތަކުން ވެބްސައިޓްތައް ރައްކާތެރިކޮށް، ޓްރެފިކަށް ބާރު ބޮޑުވާ ވަގުތުތަކުގައި ވެސް ހިދުމަތަށް ހުއްޓުމެއް ނައިސް ވެބްސައިޓްތައް އޮންލައިންކޮށް ހިފެހެއްޓުމުގައި ކްލައުޑްފްލެއާ އެހީތެރިވެ އެވެ.
މިވަގުތު 81 މިލިއަނަށްވުރެ ގިނަ ވެބްސައިޓަށް ސީދާ އެކުންފުނިން ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ.