ads
ކުޑަ 2 ކުއްޖަކަށް ޖިންސީ ގޯނާކުރުން، ތުހުމަތު ސިފައިންގެ މީހަކަށް
ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
Advertisement

ފުލުހުން ބުނީ މި މައްސަލަ އެ އިދާރާއަށް ރިޕޯޓްކުރީ މިމަހުގެ 16 ވަނަ ދުވަހު ކަމަށެވެ.

މީހަކު އޭނާ ރައްޓެހިވެގެން އުޅޭ އަންހެނެއްގެ ދެ އަންހެން ކުދިން ކުރިމަތީގައި ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އަންހެން މީހާގެ ރުހުމުގައި ހިންގި މި އަމަލުގެ މަންޒަރު ދައްކައި، އެ ކުދިން ގްރޫމް ކޮށްގެން ޖިންސީ ގޯނާކޮށްފައިވާ ކަމަށް އެ ތުހުމަތުގައިވެއެވެ. އެނގިފައިވާ ގޮތުން މި ތުހުމަތުތައް ކުރަނީ ސިފައިންގެ މަގާމެއްގައި ހުރި މީހެއްގެ މައްޗަށެވެ. 

މާލޭގައި އުމުރުން 24 އަހަރުގެ އަންހެނަކު ރޭޕްކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

ފުލުހުން ބުނީ، މިމަހުގެ 16ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، މާލެ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އަންހެނަކު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ. 

އަދި އެ ހޮސްޕިޓަލުން ބެލުމަށްފަހު އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާކަމަށް ތުހުމަތު ކުރެވިގެން، ހަމަ އެދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް