ads
18 އަހަރުގެ އަންހެން ކުއްޖާ ކިޑްނެޕްކުރި މައްސަލާގައި ހައްޔަރުކުރި މީހާ
18 އަހަރުގެ އަންހެން ކުއްޖަކު ކިޑްނެފްކުރި މީހަކު ހައްޔަރުކޮށްފި
18 އަހަރުގެ އަންހެން ކުއްޖަކު ކިޑްނެފްކޮށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފިއެވެ.
Advertisement

ފުލުހުން ބުނީ އުމުރުން 18 އަހަރުގެ އަންހެން ކުއްޖާ ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރިޕޯޓުކުރީ މިދިޔަ އަންގާރަ ދުވަހުކަމަށެވެ. 

އެ މައްސަލާގައި ހައްޔަރުކުރީ ހ. ފޯސީޒަން، އުމުރުން 19 އަހަރުގެ އަހުމަދު އާހިލް މުނާޒު ކަމަށް ފުލުހުން ބުނެއެވެ. މީނާގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. 

މި މައްސަލާގައި މީހަކު ހައްޔަރުކުރި ވާހަކަ ބުނުން ފިޔަވާ އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ދާދީ ފަހުން ވަނީ މާލޭގައި އުމުރުން 24 އަހަރުގެ އަންހެނަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެފައއެވެ. ފުލުހުން ވަނީ އެ މައްސަލަވެސް ބަލަމުން އަންނަކަމަށް ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް