ads
ސަލްމާން އަދި ޝާހުރުކް ހާން
"ޝާހު އިތުރަށް ވިދާނެ، ސަލްމާން އަށް އޮތީ ދަތި ދުވަސްތަކެއް"
ބޮލީވުޑްގެ ދެ ރަސްކަލުން ކަމަށްވާ ސަލްމާން ހާން އާއި ޝާހް ރުކް ހާންގެ ފަންނީ މުސްތަގުބަލާ ގުޅޭގޮތުން ނުޖޫމީއަކު ލަފާތަކެއް ކޮށް ގިނަބައެއްގެ ސަމާލުކަން ހޯދައިފިއެވެ.
Advertisement

މި ލަފާތަކުގައިވާ ގޮތުން، ސަލްމާން ހާންއަށް އޭނާގެ ކެރިއަރުގައި އުނދަގޫ ދުވަސްތަކެއް އަންނާނެ ކަމަށް ބެލެވޭއިރު، ޝާހް ރުކް ހާން އިތުރަށް ވިދާނެއެވެ.

ނުޖޫމީ ހިސާބުތަކަށް ބިނާކޮށް އާންމުކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން، ކުރިއަށް އޮތް ތަނުގައި ސަލްމާން ހާންއަށް އޭނާގެ ފަންނީ ހަޔާތުގައި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެއެވެ. ނަމަވެސް، ޝާހް ރުކް ހާންގެ ކެރިއަރު އޮތީ ވަރަށް ހެޔޮގޮތެއްގައި ކަމަށާއި، އޭނާގެ ކާމިޔާބީތައް އިތުރުވެ، ފަންނީ ގޮތުން އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

މިފަދަ ބޮޑެތި ދެ ތަރިންނާ ގުޅޭގޮތުން މިފަދަ ވާހަކަތަކެއް ދެކެވުމުން، ދެ ތަރިންގެ ސަޕޯޓަރުންގެ މެދުގައި ވަނީ ހޫނު ބަހުސްތަކެއް ފެށިފައެވެ. ގިނަ ބަޔަކު ދަނީ އެމީހުންގެ ކުރިއަށް ހުރި ފިލްމުތަކާއި، ކެރިއަރުގެ ނިންމުންތަކާ މެދު ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް