ads
އިސްލާމިކް ރީޓެއިލް ބެންކިން އެވޯޑްސްގައި އެމްއައިބީއަށް ދެ އެވޯޑު
އިސްލާމިކް ރީޓެއިލް ބެންކިން އެވޯޑްސްގައި އެމްއައިބީއަށް ދެ އެވޯޑު
ކެމްބްރިޖް އައިއެފްއޭ އިން ކޮންމެ އަހަރަކު ވެސް އިންތިޒާމުކޮށްގެން ބާއްވާ އިސްލާމިކް ރީޓެއިލް ބެންކިން އެވޯޑްސް (އައިއާރުބީއޭ) ގައި މިއަހަރު މޯލްޑިވްސް އިސްލާމިކް ބެންކު (އެމްއައިބީ) އިން ދެ އެވޯޑެއް ހާސިލުކޮށްފިއެވެ.
Advertisement

މި ހަފްލާއަކީ ދުނިޔޭގެ ފެންވަރުގައި އިސްލާމިކް ފައިނޭންސް ދާއިރާގައި ފާހަގަކޮށްލެވޭ މަސައްކަތްތައްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ބާއްވާ ހަފްލާއެކެވެ.

މި އަހަރުގެ ހަފްލާގައި އެމްއައިބީއަށް ލިބިފައިވާ އެންމެ ހާއްސަ އެއް އެވޯޑަކީ "ބެސްޓް ޑިޖިޓަލް ބެންކިން އިނިޝިއޭޓިވް އެވޯޑު" އެވެ. މި އެވޯޑު އެ ބޭންކަށް ލިބިފައިވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް އޮންލައިންކޮށް ބޭންކިންގެ ހިދުމަތް ލިބޭނެގޮތް ހަދައި، ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ހިދުމަތް ހޯދޭނެ ނިޒާމެއް ގާއިމުކުރުމަށް ކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ ސަބަބުންނެވެ. މީގެ އިތުރުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޝަރީއާ ހަމަތަކަށް ފެތޭ ހިދުމަތްތައް ފާހަގަކޮށް "ބެސްޓް އިސްލާމިކް ރީޓެއިލް ބޭންކް އިން މޯލްޑިވްސް" ގެ އެވޯޑު ވެސް އެމްއައިބީއަށް ވަނީ ލިބިފައެވެ.

މި ކާމިޔާބީއާ ގުޅިގެން އެމްއައިބީން ބުނީ، މިއީ ޒަމާނީ ޓެކްނޮލަޖީގެ އެހީގައި އެންމެ ފުރިހަމަ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ނަތީޖާ ކަމަށެވެ. ބޭންކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތްތައް ކާމިޔާބުކަމާ އެކު ކުރިއަށްދާކަން ފާހަގަކޮށް އެ ބޭންކުން ބުނީ، މި ކާމިޔާބީގެ ފަހަތުގައި ވަނީ ބޭންކުގެ މުވައްޒަފުންނާއި ކަސްޓަމަރުން ކަމަށެވެ. އެހެންކަމުން ބޭންކަށް ލިބުނު މި ޝަރަފުވެރި އެވޯޑުތަކާ ގުޅިގެން ހުރިހާ ފަރާތްތަކަށް އެ ބޭންކުން ވަނީ ޝުކުރު އަދާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް