ads
ވެލިދޫ
ވެލިދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފި
ނ. ވެލިދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އިންޑިއާ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
Advertisement

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ މީހެކެވެ. 

ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އެ އިންޓެލިޖެންސާއި ވެލިދޫ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މިދިޔަ އަންގާރަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އޭނާ ހުއްޓުވައި ބަލައި ފާސްކުރީ އެރަށު ބަނދަރު ސަރަހައްދުންނެވެ. އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 12 ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ބަރުދަނުގައި 41.6 ގުރާމް ހުރި ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް