ads
މާލޭގައި އަޅާ ވަގުފު އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން
39،4 މިލިއަނަށް އާރުސީސީން އަޅައިދޭ ވަގުފު އިމާރާތުގެ ބިންގާ އަޅައިފި
މާލޭގައި 39.4 މިލިއަނަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރުސީސީ) އަޅައިދޭ ވަގުފު އިމާރާތުގެ ބިންގާ އަޅައިފިއެވެ.
Advertisement

މި އިމާރާތުގެ ބިންގާ އެޅުމުގެ ހާއްސަ ރަސްމިއްޔާތެއް މިއަދު ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެޑައިގަތެވެ. މި އިމާރާތުގެ ބިންގާ އަޅާދެއްވީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މި މަސައްކަތް ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 39،462،545.08 ރުފިޔާއެވެ. މިއީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފަންޑު ކުރާ މަޝްރޫއުއެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

your imageމާލޭގައި އަޅާ ވަގުފު އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން

މާލެ ހެންވޭރު 64 ނަމްބަރު ކޮށީގައި 12 ބުރިއަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުޤަމް ވަޤްފު އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރެވޭ އިމާރާތެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މި އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. 

އިމާރާތުގެ ދެވަނަ ބުރީގައި ކޮންފަރެންސް ހޯލެއް ގާއިމްކުރުމަށް ހަމަޖެހިފައިވާއިރު އެއް ވަނަ ބުރިން 12 ވަނަ ބުރިއަށް ޒަމާނީ އޮފީސް ބައިތަކާއި، މީޓިން ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރި ހުންނާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން އިމާރާތުގެ ރޫފްޓޮޕަކީ އޯޕަން ޓެރަސްއެއް ގޮތުގައި ގާއިމްކުރާ ބައެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަގްފު އިމާރާތުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ އާރުސީސީއަށެވެ. އެ އިމާރާތުގެ މަސައްކަތް ހަވާލުކުރީ 244.5 މިލިއަނަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް