ކ. ކާށިދޫގައި ކުރިއަށް ގެންދިޔަ ޒަމާނީ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް، ޒަމާނީ ޓެކްނޮލޮޖީ ހަލުވިކަމާ އެކު ބޭނުންކުރަން ޖެހޭ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާ އެކު އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީން އަންނަނީ މިފަދަ ތަމްރީން ޕްރޮގްރާމްތައް ފުޅާކޮށް، ޒަމާނީ ފަންނުވެރިކަން މި ދާއިރާއަށް ތައާރަފްކުރުމަށް މަސައްކަތް ކުރަމުންނެވެ. މި ޕްރޮގްރާމްތަކުގެ ސަބަބުން ގައުމީ އިގްތިސާދީ ލަނޑުދަނޑިތައް ހާސިލްވެ، ދަނޑުވެރިކަން ވިޔަފާރި އުސޫލުން ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;