ads
ގޯވިންދާ އާއި ސުނިތާ
ގޯވިންދާ އާއި ސުނިތާ ވަރިވާން ހުށަހަޅައިފި
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ގޯވިންދާގެ އަންހެނުން، ސުుނިތާ އަހޫޖާ، ވަރިވުމަށް ހުށަހަޅާފައިވާ ކަމަށް ގޯވިންދާގެ ޓީމުން އާންމުކޮށް ހާމަކޮށްފި އެވެ.
Advertisement

މި ހަބަރު މިއަދު ހޫނުކޮށް ފެތުރިގެން ދިއުމާ ގުޅިގެން، ގޯވިންދާގެ ޓީމުން ވަނީ ސނިތާ އަހޫޖާ ވަރިވުމަށް ހުށަހަޅާފައިވާކަން އާންމުކޮށް ކަށަވަރުކޮށްދީފަ އެވެ. 

ގޯވިންދާ އާއި ސުނީތާގެ މެދުގައި މައްސަލަތަކެއް އުޅޭކަމުގެ އަޑުތައް ފެތުރިފައިވާއިރު، ބާންޑްރާ ފެމިލީ ކޯޓުގައި ކައުންސިލިން ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ވަކިވުމުގެ ރަސްމީ ނިންމުމެއް ނިންމާފައި ނުވާއިރު، ގޯވިންދާގެ ޓީމުން ބުނަނީ ވަރިނުވާނެ ކަމަށާއި މައްސަލަތައް ހައްލުވަމުމުގެ އުންމީދު އޮތްކަމަށެވެ. 

މިއީ 38 އަހަރުވީ ކައިވެންޏެއް ކަމަށްވާއިރު، ދެމީހުންގެ މެދުގައި ހިތްހަމަނުޖެހުންތައް ހުރި ނަމަވެސް، ދާދިފަހުން ބޭއްވި ގަނޭޭޝް ފެސްޓިވަލްގައި ވެސް ދެމީހުން އެކުގައި ފެނިފައިވެއެވެ. ސުނީތާ ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތައް ހުންނަ ގޮތުން އާންމުންގެ މެދުގައި ޝައްކުތައް އިތުރުވެފައިވެއެވެ.

މަންމަ އާއި ބައްޕަ ވަކިވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށް ދަރިފުޅު ޓީނާ ވަނީ ބުނެފައެވެ. އަދި މިއީ ސަމާލުކަން ހޯދަން ކުރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނާއިރު، ގިނަ ބަޔަކު ގަބޫލުކުރަނީ މިއީ ވަރިވުމަށްވުރެ ބޮޑަށް ދެމަފިރިންގެ މެދުގައި ޖެހިފައިވާ މައްސަލަގަނޑެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް