ads
އެސްޓީއޯގެ އެމްޑީ ސިމާދް
އެސްޓީއޯއިން އަންނަ ރޯދަ މަހަށް ބޮޑެތި ތައްޔާރީ ތަކެއް
މި އަންނަ ރޯދަ މަހަށް ވަރަށް ބޮޑެތި ތައްޔާރީތަކެއް ވަމުން އަންނަ ކަމަށް އެސްޓީއޯގެ އެމްޑީ ސިމާދް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
Advertisement

އެ ގޮތުން މިހާރު އަސާސީ ކާބޯތަކެތިކަމަށް ކަނޑައަޅާފައިވާ ކާބޯތަކެތި ފަަސޭހަ ކަމާއި އެކު ފޯރިކޮށްދިނުމުގެ ގޮތުން ނޯތް ހާބަރު ކައިރީގައި ހޯލްސޭލް ފިހާރައެއް މިހާރު ހުޅުވަން ތައްޔާރު ކުރެވިފައިވާ ކަމަށާއި އަދި އިންޑަޓްރިއަލް ވިލެޖު ސަރަހައްދުގައި މި ތަކެތި ބެހެއްޓޭ ގޮތަށް ގުދަންވެސް ތައްޔާރުކުރުވިފައިވާ ކަމަށް ސިމާދް ވިދާޅުވި އެވެ.

އަދި މީގެ އިތުރުން އެޗްޑީސީ އާއި ގުޅިގެން ހުޅުމާލޭގައި ދިރިއުޅޭ ފަރާތަކަށް ހާއްސަކޮށްގެން ފިހާރައެއް އެންމެ ލަސްވެގެން ފެބްރުއަރީ ފުރަތަމަ ހަފްތާތެރޭގައި ހުޅުވިގެން ދާނެ ކަމަށް ސިމާދް ފާހަގަ ކުރެއްވި އެވެ.

"ދުނިޔޭގެ ވިޔަފާރީގެ ބާޒާރުގައި ވަަރަށް ޗެލެންޖިން ދެ އަހަރު މި ފާއިތުވީ. މެދު އިރުމަތީގައި ހިނގަމުން ދިޔަ ކަންކަމާއި ގުޅިގެން އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ވިޔަފާރި ކަމުގައި ވާ ތެލުގެ ވިޔަފާރި އަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތި ލާން ޖެހުން" ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ހަފުތާ 104 ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ސިމާދް ވިދާޅުވި އެވެ

އެންމެ ބޮޑު ކާމިޔާބީ އަކަށް ދެކެނީ މި ކުރިމަތިވި ދަތިތަކާއި އެކުވެސް ދިވެހި ރައްޔިތުންނައް އެކަމާއި ގުޅިގެން އެއްވެސް ކަހަލަ ގެއްލުމެއް ނުދީ އެންމެ އެކަށީގެންވާ ކުޑަ އަގުތަކެއްގައި ހިދުމަތް ފޯރުކޮށްދިނުން ކަމަށް ސިމާދު ފާހަގަ ކުރެއްވި އެވެ.

އެސްޓީއޯ އެންމެ މައިގަނޑު އެއް ބޭނުމަކީ ތަކެތީގެ އަގު ކޮންޓްރޯލް ކޮށްގެން ހިފެހެއްޓުން ކަމަށް ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ބާޒާރުން މަދުވާ ތަކެތި އަދި އަގު ބޮޑުކުރެވިފައިވާ ތަކެތި އޯޑަރުކޮށްގެން ގެނެސްގެން ރައްޔިތުންނައް އެންމެ އެކަށީގެންވާ ހެޔޮއަގެއްގައި ފޯރުކޮށް ދިނުމަށް ކަމަށެވެ. 

ސިމާދް ވިދާޅުވީ އެތެރެ އާއި ބޭރުން ވެސް ވަރަށް ބައިވަރު ޗެލެޖްތަކާއި ފާއިތުވި ދެ އަހަރު ކުރިމަތިލާން ޖެހުން ކަމުގަ އެެވެ.

އެ ގޮތުން ދިވެހި ރާއްޖޭގެ އިގްތިސާދީ ހާލަތާއި، ޕަބްލިކް ފައިނޭންސް އަދި ދަރަނީގެ ހާލަތު ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން އިރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް ސިމާދް ފާހަގަ ކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް