ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވާނެކަން އިއުލާންކުރެއްވީ ސަރުކާރަށް ދެ އަހަރު ވެގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް އިއުލާން ކުރެއްވި ކުރެއްވުމާއި އެއްގޮތަށް ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުން މާދަމާރޭ އޮންނާނެކަމަށެވެ.
މާދަމާ ރޭ 20:30ގައި އޮންން މި ބައްދަލުވުން އޮންނާނީ ވިލިމާލޭ މުހްޔިއްދީން ސްކޫލްގައިކަމަށް ތަރުޖަމާނު ހީނާ ވިދާޅުވިއެވެ.
" ވީމާ ވިލިމާލޭގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދައުވަތު އަރުވަމެވެ. " ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވެއެވެ