ads
ގައުމީ އެއާލައިން މޯލްޑިވިއަން.
މޯލްޑިވިއަނުން ޓްރިވެންޑަރަމާއި ކޮޗިންނަށް ހަފްތާއަކު 5 ދަތުރު އަޅަނީ
ގައުމީ އެއާލައިން މޯލްޑިވިއަނުން ޓްރިވެންޑަރަމާއި ކޮޗިންނަށް ހަފްތާއަކު 5 ދަތުރު އަޅަން ނިންމައިފި އެވެ.
Advertisement

މޯލްޑިވިއަނުން ބުނީ ދިވެހިން އެންމެ ގިނައިން ދަތުރުކުރަމުން އަންނަ ޓްރިވެންޑްރަމާއި ކޮޗިންއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމާފައިވާކަމަށެވެ. އެގޮތުން ހަފްތާއަކު ފަސް ދަތުރު އަޅަން މިހާރު ނިންމާފައިވާކަމަށާއި މި ދަތުރުތައް އަންނަ މަހުގެ 19 ވަނަދުވަހު ފެށިގެން ފަށާނެކަމަށެވެ. 

މިގޮތުން އާދިއްތަ އަދި އަންގާރަ ފިޔަވާ ހަފްތާގެ ކޮންމެ ދުވަހަކު މޯލްޑިވިއަން ޓްރިވެންޑްރަމާއި ކޮޗިންނަށް ދަތުރުކުރާނެކަށް އެ އެއާލައިން ބުނެއެވެ. 

ގައުމީ އެއާލައިނުން އަންނަނީ އެ އެއާލައިންގެ ހިދުމަތް ފުޅާ ކުރަމުންނެވެ.

އެގޮތުން މޯލްޑިވިއަންގެ ހިދުމަތައް މިއަހަރުގެ ތެރޭގައި ވަނީ މުޅިން އަލަށް ވައިޑް ބޮޑީ މަތިންދާބޯޓު ގެނެސްފައެވެ. އަދި އިތުރު ވައިޑް ބޮޑީ މަތިންދާބޯޓުތައް ގެނައުމަށް އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ.

މޯލްޑިވިއަނުން މިހާރު ޝެޑިއުލް ދަތުރުތައް ބާއްވާ ގައުމުތަކަކީ އިންޑިއާ އާއި ޗައިނާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް