ads
މުސާރަ ކުޑަކަމަށް ބުނެ ސިވިލް ކޯޓުގެ މުވައްޒަފުން ކަޅު ހެދުމުގައި މިއަދު އޮފީހަށް ނުކުމެ
މުސާރަ ދަށްވުމުން ކޯޓުތަކުގެ މުވައްޒަފުން ކަޅު ހެދުމުގައި އިހްތިޖާޖުގައި
ދައުލަތުގެ ޕޭ ފްރޭމްވޯކަށް ސަރުކާރުން މިދިޔަ މަހު ގެނައި ބަދަލާ އެކު މުސާރަ ކުޑަވެފައިވާ ކަމަށް ބުނެ، އެކަމުގެ ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ކަޅު ހެދުމުގައި އޮފީހަށް ނުކުމެ ހިމޭން އިހުތިޖާޖެއް ކުރަމުން އެބަދެއެވެ.
Advertisement

މި އިހްތިޖާޖުގައި މާލޭގައި ހުންނަ ކޯޓްތަކުގެ އިތުރުން ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓްތައްވެސް އަންނަނީ ބައިވެރިވަމުންނެވެ. 

މި ހިމޭން އިހުތިޖާޖުގައި ބައިވެރިވި މާލޭ ކޯޓުތަކުގެ ތެރޭހައި ހައިކޯޓް، ކްރިމިނަލްކޯޓް، ސިވިލް ކޯޓް، ފެމެލީ ކޯޓް އަދި ޖުވައިނަލް ކޯޓް ހިމެނެއެވެ.  މީގެ އިތުރުން 27 ރަށެއްގެ މެޖިސްޓްރޭޓް ކޯޓެއްގެ މުވައްޒަފުން މިއަދު އޮފީހަށް ނުކުތީ ކަޅު ހެދުމުގައެވެ. 

your imageމުސާރަ ކުޑަކަމަށް ބުނެ ކްރިމިނަލް ކޯޓުގެ މުވައްޒަފުން ކަޅު ހެދުމުގައި މިއަދު އޮފީހަށް ނުކުމެ

އެނގިފައިވާ ގޮތުގައި ޖުޑިޝަރީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ދަނީ މިއަދު ރައީސް އޮފީހަށް ޕެޓިޝަނެއް ވެސް ހުށަހަޅަން ތައްޔާރުވަމުންނެވެ.

ޖުޑިޝަރީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކުޑަވެފައިވާ ކަމަށް ބުނެ މިއަދު އިހްތިޖާޖު ކުރާއިރު މުސާރަތަކަށް ގެނައި ބަދަލުން އެ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކުޑަ ނުވާނެކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ވަނީ ބުނެފައެވެ. އެ ކޮމިޝަނުން ބުނީ ޖުޑިޝަރީ ދާއިރާގެ މުވައްޒަފުންނަށް ބައެއް އެލަވަންސްތައްވެސް ހަމަޖައްސާފައިވާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް