ads
އޮޕަރޭޝަން އަލިމަގު" އަތުލައިގެން ބައެއް ތަކެތި
ބޮޑު ޑުރަގު އޮޕަރޭޝަންގައި ހައްޔަރުކުރި ގިނަ ބަޔަކު ކޯޓަށްވެސް ނުގެންގޮސް ދޫކޮށްލައިފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިޔަށް ގެންދިޔަ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި ގިނަ ބަޔަކު ކޯޓަށްވެސް ނުގެންގޮސް ދޫކޮށްލާފައިވާކަމަށް ދިވެހހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
Advertisement

ޑްރައިގާއި ދެކޮޅަށް 'އޮޕަރޭޝަން އަލިމަގު'ގެ ނަމުން ނަން ދީފައިވާ އޮޕަރޭޝަނެއް ފުލުހުން ފެށީ މި މަހުގެ 13 ވަނަ ދުވަހުއެވެ. 

އެ އޮޕަރޭޝަނާއި ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން މިހާތަނަށް ދީފައި ނެތުމުން ފާޑުކިޔުންތައް އަމާޒުވުމުން ފުލުހުން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެެއް ބާއްވާފައެވެ. 

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުލުހުން ބުނީ މި އޮޕަރޭޝަންގައި 110 މީހުން ހައްޔަރުކުރިކަމަށެވެ. އެހެންނަމަވެސް އޭގެ ތެރެއިން 68 މީހަކު ދޫކޮށްލާފައިވާކަމަށާއި އެމީހުން ދޫކޮށްލީ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ނުކޮށްކަމަށްވެސް ފުލުހުން ބުނެއެވެ. ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރީ 38 މީހުންކަމަށްވެސް ފުުހުން ބުނެއެވެ.

ފުލުހުން ބުނީ މުޅި ރާއްޖޭގައި އެއްވަގުތެއްގައި ހިނގި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކީގެ ބަރުދަނަކީ 29.86 ކިލޯކަމަށެވެ. މި އޮޕަރޭޝަން 39 ރަށެއްގެ 105 ތަނެއް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. އޭގެއިތުރުން އެއްގަމު ނުވަ އުޅަނދަކާއި ކަނޑު އެއް އުޅަނދު ފާސްކުރި ކަމަށްވެސް ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް