ads
ތ. ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާ ނިންމިފައި
ތ. ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާ ނިންމާލައިފި
ތ. ގުރައިދޫގައި އެއާޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.
Advertisement

އެރަށު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރިޔަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. 

ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ ޖޫން 29 ގައެވެ. އެ ކުންފުނިން ބުނީ ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްތުގެވެސް 54 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ. 

އެއާޕޯޓް އެޅުމަށް ގުރައިދޫގެ ފަޅުން ހިއްކަނީ 13.8 ހެކްޓަރުގެ ބިމެވެ. މި މަޝްރޫއަށް ޖުމްލަ 106 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެމްޓީސީސީން ބުނީ ގުރައިދޫ އަކީ އެ އަތޮޅުގެ ގިނަ ބަޔަކު ވިޔަފާރިކުރަން ޒިޔާރަތްކުރާ ރަށެއް ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތް ވެސް ތަރައްގީ ވަމުން އަންނަ ރަށެއް ކަމަށެވެ.

ތ. ގުރައިދޫއަކީ 2،272 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މި ރަށަކީ އަތޮޅުގެ ގިނަ ބަޔަކު ވިޔަފާރި ކުރުމަށްޓަކައި ޒިޔާރަތްކުރާ ރަށެކެވެ.

ތ. ގުރައިދޫގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ  ރިޔާސީ ވައުދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް