އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ބ. ގޮއިދޫއަށް: މެޓް
19 ޑިސެމްބަރ 2019 - 14:18:07
ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ބ. ގޮއިދޫއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އާއްމުކުރި ތަފާސްހިސާބުން ދައްކައިފި އެވެ.

އިއްޔެ ހެނދުނު 08:00 އިން މިއަދު ހެނދުނު 08:00 އަށް ބ. ގޮއިދޫއަށް 131 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރިކޯޑުތަކުން ދައްކަ އެވެ.
ދެން އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ބ. ތުޅާދޫ އައި އއ. ތޮއްޑޫ އަށެވެ. އެ ދެ ރަށަށް 85 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރިކޯޑް ކުރެވިފައި ވާއިރު، ކ. ގާފަރަށް 83 މިލިމީޓަރުގެ ވާރޭ ވެހުނެވެ.
މެޓް އޮފީހުގެ ރިކޯޑުތަކަށް ބަލާއިރު، އެ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނަށް ވާރޭ ވެހިފައެއް ނުވެ އެވެ.
އެގޮތުން ހއ. އަދި ހދ. އަތޮޅާއި، އައްޑޫ އަތޮޅަށް ރިކޯޑްކޮށްފައި ވަނީ 0 މިލިމީޓަރެވެ. އެ ތަފާސްހިސާބަށް ބަލާއިރު، ވާރޭ ވެހިފައި ވަނީ ށ. އަތޮޅުން ފެށިގެން ފުވައްމުލަކާ ހަމައަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭއިރު، ހަވީރު 04:30 އާ ހަމައަށް ށ. އަތޮޅުން ޅ. އަތޮޅަށް ވަނީ ޔެލޯ އެލާޓް ނެރިފަ އެވެ.
އަދި އެ ވަގުތުތަކުގައި ހއ. އަތޮޅުން ދ އަތޮޅަށް ވައިޓް އެލާޓް ނެރިފައި ވާއިރު، ކަނޑު ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓުން ވަނީ އަންގާފަ އެވެ.

Yellow Alert for Torrential rain pic.twitter.com/L48J1vfpOp
— Maldives Meteorology (@MetMaldives) December 19, 2019
އަދި އެ ވަގުތުތަކުގައި ހއ. އަތޮޅުން ދ އަތޮޅަށް ވައިޓް އެލާޓް ނެރިފައި ވާއިރު، ކަނޑު ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓުން ވަނީ އަންގާފަ އެވެ.
Alert white for heavy rain pic.twitter.com/gJxjXJ8OJK
— Maldives Meteorology (@MetMaldives) December 19, 2019
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް