ads
މާލޭގެ މޭޔަރަކަށް އަލީ އާޒިމް ހޮވަން ހިންގާ ކެމްޕެއިން ހަރަކާތުގައި ފައްުޔާޒު ބައިވެރިވެވަޑައިގަންނަވަނީ.
މާލޭގެ މޭޔަރު ރޭސް: ފައްޔާޒުގެ ތާއީދު އަލީ އާޒިމަށް
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާ އަލީ އާޒިމް އަށް ތާއީދުކުރައްވާކަން އެމްޑީޕީގެ ޗެއާޕާސަން ކަމުން ދާދިފަހުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއިލް ހާމަކުރައްވައިފި އެވެ.
Advertisement

"ގަދަކޮށް" ގެ ނަމުގައި އާޒިމްގެ ކެމްޕެއިން ހަރަކާތް ފެށީ މިމަހުގެ 20 ގައި އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ. މިއަދު ފައްޔާޒު ވަނީ، އަލީ އާޒިމާއި ޕާޓީގެ ބައެއް މެންބަރުންނާ ބައްދަލުކުރައްވައި އޭނާގެ ތާއީދު ފާޅުކުރައްވައިފަ އެވެ.

ފައްޔާޒުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އަލީ އާޒިމަށް ތާއީދުކުރައްވާކަން ހާމަކުރައްވާފަ އެވެ.

އަލީ އާޒިމްގެ އިތުރުން މޭޔަރުކަމަށް އެމްޑީޕީން ވާދަކުރައްވަން ދެން ކެމްޕެއިން ކުރައްވަމުން ގެންދަވަނީ މިހާރު ވެސް މޭޔަރު ކަމުގައި ހުންނެވި އާދަމް އާޒިމް އެވެ. ފާހަގަކޮށްލެވޭ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިސް ބޭފުޅުން ތިއްބެވީ އާދަމް އާޒިމަށް ތާއީދުކުރައްވައިގެންނެވެ.

މޭޔަރުކަމުގެ ކެމްޕެއިން ދެ އާޒިމް ފެއްޓެވިއިރު، އެ މަގާމަށް ސަރުކާރުގެ ފަރާތުން ކުރިމަތިލައްވާނެ ބޭފުޅަކު ވެސް އަދި ނޭނގެ އެވެ. ކައުންސިލުގައި މިހާރު ވެސް އޮތީ، ވެރިކަން ކުރާ ޕީއެންސީގެ މެޖޯރިޓީ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް