ads
އެސްޓީއޯއިން ހުޅުމާލޭގައި ހުޅުވި ބޭސް ފިހާރައި- ފޮޓޯ/ އެސްޓީއޯ
ބޭސް ނުލިބޭ ކަމަށް ބުނެ ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި
ރާއްޖޭގައި ބޭސް ލިބުން ދަތިވެފައިވާ މައްސަލައިގައި ޕީއެންސީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ 36 މެންބަރުންގެ ވޯޓުން ބޭރުކޮށްލައިފި އެވެ.
Advertisement

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި މައްސަލައިގައި ވަނީ ބޭސް ލިބުމުގެ ދަތިކަން ބޮޑުވެފައިވާކަމުގެ ޝަކުވާ ރައްޔިތުން ކުރަމުން އަންނަ ކަމަށާއި، މީގެ ކުރިން އާސަންދައިން ލިބެމުންދިޔަ ބޭސްތައް ދިނުން އާސަންދައިން ހުއްޓާލިފަހުން ފާމަސީތަކުން އަމިއްލައަށް ގަންނަން ލިބުނު ނަމަވެސް، މިހާރު ބޮޑު އަގުގައި ވެސް އެ ބޭސްތައް ގަންނަން ނުލިބޭ ކަމަށް ރައްޔިތުން ބުނަމުން އަންނަ ކަމަށެވެ.

"އާންމު ރައްޔިތުންނަށް ބޭސް ލިބުން އިންތިހާއަށް ދަތިވެފައި މިވަނީ، އާސަންދަ ރިފޯމް ކުރުމުގެ ނަމުގައި، އެއްވެސް ރޭވުންތެރިކަމެއް ނެތި ސަރުކާރުން ނިންމި ނިންމުންތަކެއްގެ ސަބަބުން،" އެ މައްސަލާގައި ބުނެފައިވެ އެވެ.

ބޭސް އެތެރެކުރާ ފަރާތްތަކާ ދެކޮޅަށް ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދެއްކެވުމަށް ފަހު ވެސް ރާއްޖެއަށް ކޮންމެހެން ބޭނުންވާ މިންވަރަށް ބޭސް އެތެރެކުރުމަށް ސަރުކާރުން ނުކުޅެދިފައިވާ ކަމަށް ކުޑޫގެ މައްސަލާގައި ބުނެފައިވެ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ރާއްޖެއިން ބޭސް ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވި އެވެ. ސަރުކާރުން ފުރަތަމަ އެކަން ދޮގުކުރި އެވެ. އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭހުގެ ދަތިކަމުގެ ސަބަބެއް ކަމުގައި ދެއްކެވީ، "މެޑިކަލް މާފިއާ" ނުވަތަ ސިއްހީ ހިދުމަތްތަކުގެ ވިޔަފާރި ކުރާ ފަރާތްތަކުން ގަސްތުގައި ބޭސް ނުގެނެއުމެވެ.

ރާއްޖެއިން މަދުވާ ބޭސްތައް ހޯދުމަށާއި މެދުނުކެނޑި، އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެސްޓީއޯ އާއި އިންޑިއާގެ އެޗުއެލްއެލް ލައިފްކެއާއާ އެކު މިފަހުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް