ads
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނާޒިމް ވާހަކަދައްކަވަނީ - ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރާއްޖެއަކީ ބޭސް އުފައްދާ ތަނަކަށް ހެދިދާނެ: ނާޒިމް
ބޭހަށް ހާއްސަ ކުންފުންޏެއް އުފެއްދިތާ ދެމަސްވިއިރު ވެސް ބޭސް ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެފައި އޮއްވައި، ރާއްޖެއަކީ ބޭސް އުފައްދާ ތަނަކަށް ހެދިދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން މިހާތަނަށް ބޭސް އެތެރެކުރަމުން ދިޔައީ އެސްޓީއޯ މެދުވެރިކޮށް ކަމަށެވެ. ނަމަވެސް، އެއީ އެތައް ވިޔަފާރިއެއް ކުރާ ކުންފުންޏަކަށް ވާތީ ހަމައެކަނި ބޭހަށް ސަމާލުކަން ދިނުމަށް ދަތިވާނެކަން ފާހަގަކުރެއްވި އެވެ.

ބޭހަށް ހާއްސަ ސަރުކާރުގެ ކުންފުނިތައް ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް ހިންގާކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ ކައިރި އަވައްޓެރި ގައުމުތަކުގައި އަމިއްލަ ބޭސް އުފައްދާ ކަމަށެވެ.

" ފާމަސޫޓިކަލްސްއަށް ވަކި ކުންފުންޏެއް ހެދުނީމާ މުޅި ބޯޑުގެ ވިސްނުން ހުންނާނީ، ކުންފުނީގެ ވިސްނުން ހުންނާނީ މުޅި މައްސަލައަށް ހައްލު ހޯދައިދިނުމަށް. ދިވެހިރާއްޖޭގެ ބޭހުގެ މުޅި މައްސަލައަށް ހައްލު ހޯދައިދިނުން، މީގެ ނަތީޖާއަކަށް ވެގެން ދާނީ ކައިރި އަވަށްޓެރި ގައުމުތަކުގެ ފާމަސޫޓިކަލް ކުންފުނިތަކާ ރިލޭޝަންތައް އެޝްޓަބްލިޝްވެ، ވަރަށް ފޯކަސްޑު މަސައްކަތްތަކެއް ކުރާ ބަޔަކު ތިބުން،" ނާޒިމް ވިދާޅުވި އެވެ.

ބޭހަށް ހާއްސަކޮށްގެން އުދެއްދި ކުންފުނީގެ ހަމައެކަނި މަސައްކަތަކަށް ވާނީ ގައުމުތަކުން ރާއްޖެއަށް ބޭސް އެތެރެކުރުން ނޫން ކަމަށާއި މި ތަނުގައި އަމިއްލައަށް ބޭސް އުފައްދައި އިންޑަސްޓްރީއަކަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށް ހެލްތު މިނިސްޓަރު ނާޒިމް މިއަދު ވިދާޅުވިއިރު، އާންމު ރައްޔިތުންނަށް ބޭސް ލިބުން ދަތިވެ، އެތައް ބައެއްގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ޓަކައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ވަނީ ބޭރުކޮށްލައިފަ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ރާއްޖެއިން ބޭސް ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވި އެވެ. ސަރުކާރުން ފުރަތަމަ އެކަން ދޮގުކުރި އެވެ. އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭހުގެ ދަތިކަމުގެ ސަބަބެއް ކަމުގައި ދެއްކެވީ، "މެޑިކަލް މާފިއާ" ނުވަތަ ސިއްހީ ހިދުމަތްތަކުގެ ވިޔަފާރި ކުރާ ފަރާތްތަކުން ގަސްތުގައި ބޭސް ނުގެނެއުމެވެ.

ރާއްޖެއިން މަދުވާ ބޭސްތައް ހޯދުމަށާއި މެދުނުކެނޑި، އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެސްޓީއޯ އާއި އިންޑިއާގެ އެޗުއެލްއެލް ލައިފްކެއާއާ އެކު މިފަހުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް