ސްޓެލްކޯއިން ބުނީ ހުޅުމާލޭގެ ބައު އިންޖީނުގޭގެ ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް އެތަނުގައި އަލިފާން ރޯވިކަމަށެވެ. އަދި އެކުންފުނީގެ މުވައްޒަފަކަށް އެކި ވަރުގެ އަނިޔާތަކެއް ލިބިގެން މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށެވެ.
ސްޓެލްކޯއިން ބުނީީ މި ހާދިސާ ހިނގީ މިއަދު މެެންދުރު ހުޅުމާލެއިން ކަރަންޓް ކެނޑިގެން އެ މައްސަލަ ހައްކުރަން އުޅުމުގެ ތެރޭގައިކަމަށެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑެން މެދުވެރިވީ، ހުޅުމާލެ ބާ އިންޖީނު ގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާ ގުޅިގެންކަމަށެވެ. އެހެންވެ މާލެއާއި ހުޅުމާލެއަށް ކަރަންޓު ދޭން ބޭނުންކުރާ ބައެއް ފީޑަރުތައް ނިވި މާލެގެ ބައެއް ސަރަހައްދުތަކުންނާއި ހުޅުމާލޭ ފޭސް އެކަކުން ކަރަންޓު ކެނޑުނުކަމަށް ސްޓެލްކޯއިން ބުނެއެވެ.
އެ މައްސަލަ ހައްލުކޮށް ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ހިދުމަތް ފޯރުކޮށްދެމުން އަންނަކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.