ads
ގދ. ތިނަދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް:
ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާ މީހުން އަތުން 5000 ރުފިޔާގެ ފީއެއް ނަގަނީ
ގދ. ތިނަދޫ ސިޓީގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ބަދަލުވާން އެދޭ މީހުންގެ އަތުން 5000 ރުފިޔާގެ އިދާރީ ފީއެއް ނަގަން، އެ ރަށުގެ ރައްޔިތުންގެ ރުހުމާއެކު ތިނަދޫ ސިޓީ ކައުންސިލުން އަލުން ނިންމައިފި އެވެ.
Advertisement

މި ނިންމުން ނިންމާފައިވަނީ ސިޓީގެ އާބާދީ ހިފެހެއްޓުމުގެ މަގްސަދުގައި ކަމަށް ތިނަދޫ ކައުންސިލުން ބުނެ އެވެ.

މިއަދު ތިނަދޫ ސިޓީ ކައުންސިލުން ގެޒެޓުގައި އާންމުކުރި މައުލޫމާތުގައި ބުނީ، އެ ސިޓީގެ ރަށްވެހިކަމުން އުނިވާ މީހުން 5،000 ރުފިޔާ ދައްކަންޖެހޭ ކަމަށް ކައުންސިލުން ފާސްކުރީ އިޖުރާއަތުތައް ފުރިހަމަނުކޮށް ކަމަށާއި، އެކަން އިސްލާހުކޮށް އިޖުރާއަތުތައް ފުރިހަމަކުރަން މިދިޔަ ޖުލައި މަހު އެލްޖީއޭއިން ލަފާދިން ކަމަށެވެ.

އެހެންވެ އޮގަސްޓް މަހުގެ 10ވަނަ ދުވަހު ކައުންސިލުން ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި އެލްޖީއޭގެ ލަފާގެ މަތިން، ތިނަދޫގެ ރަށްވެހިކަމުން އުނިކުރުމުގެ ފީގެ ގޮތުގައި ނަގާނެ އަދަދު ކަނޑައެޅުމަށް ގޫގަލް ފޯމެއް މެދުވެރިކޮށް އެ ސިޓީގެ ރައްޔިތުންގެ ހިޔާލަށް ހުޅުވާލި ކަމަށް، ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ، ބައްދަލުވުމުގައި ބައިވެރިވި މެޖޯރިޓީ ރައްޔިތުން 5،000ރ. ފީއެއް ނެގުމަށް ފެންނަ ކަމަށް ހިޔާލު ދީފައިވާ ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ އެދުމާއި އެއްގޮތްވާ ގޮތުގެ މަތިން، ތިނަދޫ ސިޓީގެ ރަށްވެހިކަމުން ވަކިވާން އެދޭ ފަރާތްތަކުން އިދާރީ ހިދުމަތުގެ ފީއެއްގެ ގޮތުގައި 5،000ރ. ނަގަން ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށެވެ.

މި ނިންމުމާއެކު، ތިނަދޫ ސިޓީގެ ރަށްވެހިކަމުން އުނިކުރަން އެދޭ ފަރާތްތަކުން އިދާރީ ފީއެއްގެ ގޮތުގައި 5،000ރ.ގެ ފީއެއް ދައްކަން ޖެހޭނެ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް