މީހަކު މަރުވުމުން އިންޑިއާގައި އާންމުކޮށް ބާއްވާ ތިތާމަ ފާޅުކުރުމާއި ދުއާ ކުރުމުގެ ބައްދަލުވުންތަކުގެ ބަދަލުގައި އާއިލާއިން އިންތިޒާމުކޮށްފައި ވަނީ "ސެލެބްރޭޝަން އޮފް ލައިފް" ގެ ނަމުގައި ހަރަކާތެއް ބާއްވާށެވެ.
މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ދަރްމެންދްރާގެ މުއްސަނދި ފިލްމީ ހަޔާތް ފާހަގަކޮށް، އޭނާގެ ހަނދާންތައް އާކުރުމެވެ.
މި ހާއްސަ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ، މުމްބާއީގެ ބާންދްރާގައި ހުންނަ ޓާޖް ލޭންޑްސް އެންޑް ގަ އެވެ. ހަވީރު 5:00 އިން ރޭގަނޑު 7:30 އަށް ކުރިއަށްދާ މި ހަފްލާއަށް ބޮލީވުޑްގެ ގިނަ އަދަދެއްގެ މަޝްހޫރު ތަރިންނާއި ފިލްމީ ދާއިރާގެ އިސް ފަރާތްތައް ހާޒިރުވާނެ ކަމަށް ބެލެވެ އެވެ.
ދަރްމެންދްރާގެ ވަކިވެ ދިޔުމުގެ ހިތާމައިގައި މުޅި އިންޑިއާ އޮތް އިރު، ގިނަ އަދަދެއްގެ ތަރިންނާއި އާންމުން ދަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔުމަށް ޒިޔާރަތް ކުރަމުންނެވެ.
މިރޭގެ ހަފްލާއަކީ ހިތާމަ ފާޅުކުރުމުގެ ބަދަލުގައި، ދަރްމެންދްރާ ފިލްމީ ދާއިރާއަށް ކޮށްދިން އަގުހުރި ހިދުމަތްތައް ފާހަގަކޮށް، އޭނާގެ ފަންނުވެރިކަމުގެ ހަނދާންތައް އާކުރުމަށް އާއިލާއިން ބާއްވާ ހަރަކާތެއް ކަމަށް މައުލޫމާތު ލިބެ އެވެ.