ads
ވިކްޓޯރިއާ ބެކަމް
ވިކްޓޯރިއާ ބެކަމްގެ ޕްރީ ފޯލް 2026 ކަލެކްޝަން ދައްކާލައިފި
މަޝްހޫރު ޑިޒައިނަރު ވިކްޓޯރިއާ ބެކަމް އޭނާގެ ޕްރީ ފޯލް 2026 ރަންވޭ ކަލެކްޝަން މިއަދު ދައްކާލައިފިއެވެ.
Advertisement

މިއީ 20 ވަނަ ގަރުނުގެ ފެޝަން ސްޓައިލްތަކަށް ހާއްސަ އިސްކަމެއް ދީގެން، ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައިވާ ކަލެކްޝަނެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.

މި ކަލެކްޝަން ރިވިއުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ވިކްޓޯރިއާގެ މި ޑިޒައިންތަކުން ދައްކުވައިދެނީ 20 ވަނަ ގަރުނުގެ "ސްޓައިލިޝް" އަންހެނުންގެ ހިތްގައިމު ގޮތްތަކެވެ. އެގޮތުން ކުރީގެ ކްލެސިކް ޑިޒައިންތައް އަލުން ގެނެސް، އޭގެ މައްޗަށް ޒަމާނީ ބަދަލުތައް ގެނެސް ހެދުންތައް ފަރުމާކޮށްފައިވާ ގޮތް ވަރަށް ފުރިހަމަ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

your imageވިކްޓޯރިއާ ބެކަމްގެ ޕްރީ ފޯލް 2026 ކަލެކްޝަން

މި ޝޯއަށް މިހާރު ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، ކުރީގެ ހަނދާންތަކާއި މިހާރުގެ ޒަމާނީ ފެޝަން ގުޅުވާލާފައިވާ ގޮތަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. އަދި މި ކަލެކްޝަނުގެ ސަބަބުން ކުރިއަށް އޮތް ސީޒަނުގެ ފެޝަން ޓްރެންޑުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް