އާރުޓީއެލްގެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީން ބުނީ ނ. އަތޮޅާއި ރ. އަތޮޅާއި ދެމެދު ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީ ހިދުމަތް އަންނަ އާފދިއްތަ ދުވަހު ފަށާނެކަމަށެވެ.
މިގޮތުނ،ް މި ދެ އަތޮޅު އާރްޓީއެލްގެ ވިއުގައިން ގުޅުވާލުމަށް ކަނޑައަޅާފައިވާ 2 ރަށަކީ ނ. މަނަދޫއާއި ރ. އުނގޫފާރުކަމަށް އެމްޓީސީސީން ބުނެއެވެ. މި ހިދުމަތް ދިނުމަށް ބޭނުންކުރާނީ 32 ޕަސިންޖަރުންގެ ޖާގައިގެ ފެރީއެއްކަމަށްވެސް އެމްޓީސީސީން ބުނެއެވެ. މި ދަތުރުތަކުގެ ޓިކެޓް ލިބޭނީ ކުންފުނީގެ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕް މެދުވެރިކޮށްކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
ނ. އަތޮޅާއި ރ. އަތޮޅާއި ދެމެދު ފެރީ ފެށުމުން އެ ދެ އަތޮޅުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ ފައިދާތަކަކާއި މަންފާތަކެއް ލިބޭނެކަމަށް އެމްޓީސީސީން ބުނެއެވެ.
އާރް.ޓ.ީއެލް ހިދުމަތް ޖުމްލަ 12 އަތޮޅެއްގައި މިހާރު މި މިއަންނަނީ ދެމުންނެވެ. އެއ ހއ،. ހދ،. ށ. ނ،. ރ. ބ. ޅ. ތ. ގއ. ގދ. ޏ،. އައްޑޫ ސިޓީއެވެ. ބާކީ އޮތް 8 އަތޮޅުގައިވެސް އާރް.ޓ.ީއެލް ހިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް އެމްޓީސީސީން ބުނެއެވެ.