މި ހާއްސަ ހަފުލާގައި ހިޓާޗީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި އެ ކުންފުނީގެ އިސް ފަރާތްތަކުގެ އިތުރުން އެސްޓީއޯގެ ޗެއާމަން އާމިރު މަންސޫރާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމާއި ބޯޑު މެމްބަރުން އަދި އެ ކުންފުނީގެ ކުރީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ޝިމާދު ވަނީ ހިޓާޗީ އާއި އެސްޓީއޯއާ ދެމެދު ގާތް ގުޅުމެއް އުފެދިފައިވާކަން ފާހަގަކުރައްވައިފަ އެވެ.
އަދި ހިޓާޗީ ބްރޭންޑާ އެކު، ރާއްޖޭގެ ބާޒާރަށް އައިސްފައިވާ ހެޔޮ ބަދަލުތަކާއި އެ ބްރޭންޑުގެ އުފެއްދުންތަކާ އެކު، އާއްމުންގެ ދިރިއުޅުމަށް އައިސްފައިވާ ލުއިފަސޭހަތަކަށް ވެސް އޭނާ އަޅުވާލެއްވި އެވެ.
ގަރުނަކަށް ވުރެ ގިނަ ދުވަސްވީ ހިޓާޗީ ކުންފުންޏަކީ ފެށުނީއްސުރެ ދުނިޔޭގެ ބާޒަރުގައި ނަން ވިދަމުން އަންނަ އިތުބާރު ހިފޭ ބައެކެވެ.
އެސްޓީއޯ އާއި ހިޓާޗީގެ ގުޅުމަށް 25 އަހަރު ފުރުމުން ބޭއްވި ރަސްމީޔާތުގެ ތެރެއިން
އެ ކުންފުނީގެ އުފެއްދުންތައް ރާއްޖެ އަށް ތައާރަފު ކުރުމާ އެކު، ދިވެހިންގެ މެދުގައި ވެސް އެ ބްރޭންޑުގެ އުފެއްދުންތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަަ އެވެ.
މި ހަފްލާގެ ތެރެއިން ވަނީ ހިޓާޗީން ރާއްޖޭގައި ވިއްކާ އެކި އުފެއްދުންތައްވެސް ދައްކާލާފައި އެވެ.
މީގެ އިތުރުން ހިޓާޗީ އަލަށް ތައާރަފު ކުރަން ތައްޔާރު ވަމުން އަންނަ "ހިޓާޗީ ނިއު އެއާ" ރޭންޖުގެ އުފެއްދުންތައް ވަނީ އިފްތިތާހު ކޮށްފައި އެވެ.