ads
ތޫފާނު ދަތުރުކުރަމުން ދާ މިސްރާބު ދައްކައިނުމަށް މެޓުން އާންމުކުރި ފޮޓޯއެއް
ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރިއަސް ވިއްސާރަ ވާނެ: މެޓް
"ޑިޓްވާ" ތޫފާން ރާއްޖެއާ ދުރަށް ދަތުރުކުރަމުން ދިޔަ ނަމަވެސް، އެ ތޫފާނުގެ އަސަރުގެ ގޮތުން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.
Advertisement

އެ އޮފީހުން ބުނީ މި ތޫފާނުގެ ސީދާ އަސަރެއް ރާއްޖެއަށް ކުރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ބުނިގޮތުގައި، މި ތޫފާން މިހާރު ހުރީ ހއ. ތުރާކުނުގެ އިރުއުތުރުން ގާތްގަނޑަކަށް 857 ކިލޯމީޓަރު ދުރުގައި ބޭ އޮފް ބެންގޯލް ސަރަހައްދުގަ އެވެ. ތޫފާނުގެ މިސްރާބު ހުރީ ހުޅަނގުއުތުރަށް، އިންޑިއާގެ އައްސޭރިފަށާ ދިމާލަށެވެ. މާދަމާ ހެނދުނުގެ ވަގުތެއްގައި އިންޑިއާގެ ތަމިލްނާޑޫ، ޕޮންޑިޗެރީ އަދި އަންދްރާ ޕްރަދޭޝްގެ އައްސޭރިއަށް އެ ތޫފާން އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މި ތޫފާނާ ގުޅިގެން ދެކުނު އިންޑިއާގެ ބައެއް ރަށްތަކަށް ދަނީ ބޯކޮށް ވާރޭވެހި، ގަދަ ވަޔާއެކު ގުގުރަމުންނެވެ. އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އާންމުންނަށް ގޮވާލާފަ އެވެ. އަދި މަސްވެރިންނަށްވެސް ވަނީ ބޭ އޮފް ބެންގާލްގެ އަސަރުކުރާ ސަރަހައްދުތަކަށް ދަތުރުނުކުރުމަށް އަންގާފަ އެވެ. އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައި ވަނީ "ޑިޓްވާ" އަކީ ސައިކްލޯނިކް ސްޓޯމެއް ކަމަށާއި، ނުރައްކާތެރި ބާރުގަދަ ތޫފާނެއް ނޫން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް