ads
ރައީސް މުއިއްޒު އަދި އެމްޕީ ފަލާހް
ކައުންސިލް އިންތިހާބަށް ޕީއެންސީ ކެމްޕެއިން މެނޭޖަރަކަށް ފަލާހް
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ހިންގާ ޕީއެންސީގެ ކެމްޕެއިން މެނޭޖަރަކަށް އެޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ހަމަޖައްސައިފިއެވެ.
Advertisement

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓްލުން އޮންނާނީ އަންނަ އަހަރުގެ މާރިޗުމަހުގެ 28 ވަނަ ދުވަހުކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އިންތިހާބަށާް ކުރިމަތިލުމަށް އަންނަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ހުޅުވާލާނެކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ވެރިކަން ކުރާ ޕީއެންސީން ބުނީ 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ކޮންގްރެސް ޕާޓީގެ ކެމްޕެއިން މެނޭޖަރަކީ ކޮންގްރެސް ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހްކަމަށް އެޕާޓީން ބުނެއެވެ. 

ކައުންސިލް އިންތިހާބަށް ދާއިރު ސަރުކާރުން ވަނީ އަތޮޅު ކައުންސިލްތައް އުވާލަން ފާސްކޮށްފައެވެ. އަދި ކައުންސިލްރުންގެ އަދަދުވެސް މަދުކުރަން ވަނީ ނިންމާފައެވެ. 

ސަރުކާރުން މަޖިލިހަށް ހުށައަޅާގައި ފާސްކުރި އިސްލާހުގައި ވަނީ، 2،000 މީހުންނަށް ވުރެ ކުޑަ އާބާދީއެއް އޮންނަ ރަށްރަށުގައި ތިން ކައުންސިލަރުން އިންތިހާބުކުރުމަށެވެ. އަދި 2،000 އަށް ވުރެ ބޮޑު އާބާދީއެއްގައި އިންތިހާބު ކުރާނީ ފަސް ކައުންސިލަރުންނެވެ.

ކައުންސިލް އިންތިހާބަށް އީސީ ވަނީ ސިޓީތަކާއި އަތޮޅުތަކުގެ އަބާދީގެ އަދަދުތައް އާއްމުކޮށްފައެވެ. ކޮމިޝަނުން އާއްމުކުރި ނަމްބަރުތަކުން ދައްކާއިރު އެންމެ އާބާދީ ބޮޑީ ވެރިރަށް މާލެއާއި އައްޑޫ ސިޓީގައެވެ. 

ސިޓީތަކުގެ އާބާދީ 

  • މާލެ ސިޓީ  83813 މީހުން
  • އައްޑޫ ސިޓީ  35،549 މީހުން
  • ފުވައްމުލަކު ސިޓީ 13802 މީހުން  
  • ކުޅުދުއްފުށި ސިޓީ 11110 މީހުން
  • ތިނަދޫ ސިޓީ 10453 މީހުން 

ސިޓީތައް ފިޔަވައި ދެން ރަށްރަށުގެ ތެރެއިން އެންމެ ބޮޑު އާބާދީއެއް އޮތީ ޅ. ނައިފަރިގައެވެ. އެރަށުގައި 5،878 މީހުން ރަޖިސްޓަރީ ވެފައިވެއެވެ. ދެން އެންމެ މީހުން ގިނަ ލ. ގަމުގައި 5،523 މީހުން ރަޖިސްޓްރީވެފައިވެއެވެ. ތިންވަނައަށް އެންމެ މީހުން ގިނައީ ޅ. ހިންނަވަރުގައެވެ. އެރަށުގައި 5،092 މީހުންް ރަޖިސްޓްރީކޮށްފައިވެއެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް