މިދިޔަ ބުދަދުވަހު ހިނގި މި ހާދިސާގައި ފިހިފައިވަނީ އުމުރުން 43 އަހަރުގެ މީހެކެވެ. ސްޓެލްކޯގެ އެ މުވައްޒަފަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، ފިހުނު މީހާ މިހާތަނަށް ފަރުވާދެމުން ދިޔައީ އޭޑީކޭގައެވެ.
މިމިހާ އިތުރު ފަރުވާއަށް ތައިލެންޑަށް ގެންދިޔައީ ރޭގެ ވަގުތެއްގައި ގެންދިޔައީ އެއާ އެމްބިއުލާންސްގައެވެ. ބެންކޮކް ހޮސްޕިޓަލުގައި މިހާރު ވަނީ އޭނާގެ ފަރުވާ ފަށަފައެވެ. މި މިހާގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ ސްޓެލްކޯއިންނެވެ.
މި ހާދިސާ ހިނގި ދުވަހު ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނީ އެ ހާދިސާ ހިނގީ ސްވިޗުގިއަރަކަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކަމަށެވެ. ސްވިޗުގިއަރަކީ ގްރިޑުތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ އެއްޗެކެވެ. އެއީ އާންމު ގޭގެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބްރޭކަރު ފަދަ އެއްޗެކެވެ.
ސްޓެލްކޯއިން ބުނީ އެ ހާދިސާގައި ފިހުނު މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
އެ ކުންފުނިން ވަނީ އަނިޔާވި މީހާއާ ބެހޭ މައުލޫމާތު ފެތުރުމުގައި ސަމާލުވުމަށް އެދިފަ އެވެ. އަދި އެ މީހާގެ ސިއްހީ ހާލަތާ ގުޅޭގޮތުން ކުރިއަށް އޮތް ވަގުތުތަކުގައި މައުލޫމާތު ހިއްސާ ކުރަމުން ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.