ads
ރާއްޖޭގައި ހުރި އިންވެސްޓްމަންޓު ފުރުސަތުތަކާ ގުޅޭ މަޝްވަރާތަކަށް އިއްޔެ ރާއްޖެ އައި އެ ގައުމުގެ ވިޔަފާރިވެރިންގެ ވަފުދުގެ ބޭފުޅުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގައި - ފޮޓޯ: ސައޫދީ އެމްބަސީ
އިންވެސްޓްމަންޓްގެ މަޝްވަރާތަކަށް ސައުދީގެ ވަފުދެއް ރާއްޖޭގައި
ރާއްޖޭގައި އިންވެސްޓުކުރުމުގެ މަޝްވަރާތަކަށް ސައުދީ އަރަބިއްޔާގެ ބޮޑެތި ވިޔަފާރިތައް ހިމެނޭ ވަފުދެއް އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.
Advertisement

ރާއްޖޭގައި ހުންނަ އެ ގައުމުހެ އެންބަސީން ބުނީ ސައުދީގެ އިންވެސްޓްމަންޓާ ބެހޭ މިނިސްޓްރީ ޑެޕިއުޓީ މިނިސްޓަރު ސާރާ އަލް ސައީދާއި ސަރުކާރުގެ ބައެއް އިސްވެރިންނާއި އަމިއްލަ ބައެއް ކުންފުނިތަކުގެ އޮފިޝަލުންތަކެއް ހިމެނޭ ޓީމެއް ރާއްޖެ އައިސްފައިވާ ކަމަށެވެ.

އަދި ދަތުރަކީ ދެ ގައުމު ގުޅިގެން ހިންގިދާނެ އިންވެސްޓްމަންޓްގެ އެކި ފުރުޞަތުތަކާ ބެހޭ ގޮތުން މަޝްވަރާކުރަން ކުދާ ދަތުރެއް ކަމަށް ވެސް އެމްބަސީން ބުންޏެވެ.

ސައުދީ އަކީ ރާއްޖޭގެ އުމްރާނީ އަދި އިޖުތިމާއީ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. މިގޮތުން، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އަބަދުވެސް ސައުދީ ފަންޑުން އެހީތެރިކަން ފޯރުކޮށްދޭއިރު، ފެނާއި ނަރުދަމާ އާއި އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިމެނެ އެވެ.

ސައުދީ އަރަބިއްޔާއިން އަންނަނީ ރާއްޖެއަށް ގިނަ ދާއިރާތަކަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ތަރައްގީގެ މަޝްރޫއަށް ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓުން ވަނީ ލޯނު އެހީދީފަ އެވެ.

ރާއްޖެއާ ސައުދީ އަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 17 މާޗް 1981 ގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް