ads
ބަރުދަން ލުއިކުރަން ރާއްޖޭގައި ކުރި ފުރަތަމަ އޮޕަރޭޝަންގެ ތެރެއިން
ބަރުދަން ލުއިކުރަން ރާއްޖޭގައި ކުރި ފުރަތަމަ އޮޕަރޭޝަން ކާމިޔާބު
ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީ ގޮތެއްގައި ދަށްކުރުމަށް އެހީތެރިވާ ބެރިއަޓްރިކް ސާޖަރީގެ ފުރަތަމަ ސާޖަރީ ވަރަށް ކާމިޔާބުކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
Advertisement

އައިޖީއެމްއެޗްގައި ކުރި މި އޮޕަރޭޝަންގައި އިސްކޮށް ހުންނެވީ ރާއްޖޭގެ އެންމެ ފުރަތަމަ ބެރިއަޓްރިކް ސާޖަރީއަށް ހާއްސަ ޑޮކްޓަރު، ޑރ. އަޒްނާއެވެ. އަޖީއެމްޗުން ބުނީ މި އޮޕަރޭޝަން ކުރިޔަށް ގެންދިޔައީ މެލޭޝިއާގެ ޔުނިވާސިޓީ ކެބަންގްސާން މެލޭޝިއާ މެޑިކަލް ސެންޓަރުގެ ބެރިއަޓްރިކް ސާޖަރީގައި އެންމެ އިސްކޮށް އުޅުއްވާ ޑރ. ނިކް ރިޒާ ކޯސައި ބިން ނިކް މަހްމޫދުގެ އެހީތެރިކަމާ ބައިވެރިވުމާއި އެކުކަމަށެވެ. 

your imageބަރުދަން ލުއިކުރަން ރާއްޖޭގައި ކުރި ފުރަތަމަ އޮޕަރޭޝަންގެ ތެރެއިން

ބެރިއަޓްރިކް ސަރޖަރީ އަކީ ހަޖަމްކުރާ ނިޒާމު މަސައްކަތް ކުރާގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަލުގެނެސް އާދަޔާ ހިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީގޮތެއްގައި ދަށްކުރުމަށް އެހީތެރިވުމަށް ކުރާ ވަރަށް ކާމިޔާބު އޮޕެރޭޝަން ތަކެކެވެ. މި އޮޕެރޭޝަންތަކުން ހާސިލުވާ ފައިދާ ތަކުގެތެރޭގައި ބަލިމިހާއަށް ރަނގަޅު ސިއްޙަތެއް ލިބިދިނުމާއެކު ނަފްސާނީ ދުޅަހެޔޮކަން ރަގަޅުވެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެ އަލުން ބަލިމީހާގެ ހަޔާތަށް އުފާވެރި ކަމާއި ހިތްހަމަޖެހުން ގެނުވައިދިނުން ހިމެނެއެވެ.

your imageބަރުދަން ލުއިކުރަން ރާއްޖޭގައި ކުރި ފުރަތަމަ އޮޕަރޭޝަންގެ ބައިވެރި ޓީމް

މީގެ އިތުރުން ކުރިން ބޭސްކުރަމުން އައި ގައިންގަޔަށް ނާރާ ބައެއް ބަލިތަކަށް ބޭސްކުރަން ނުޖެހުން ހިމެނެއެވެ. އޭގެ ތެރޭގައި ޓައިޕް 2 ހަކުރުބައްޔާއި، ލޭ މައްޗަށް ދިއުމާއި ކޮލެސްޓެރޯލް މަތިވުމާއި، ހިތުގެ ބަލިތަކާއި ބައެއް ބާވަތުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވުން ހިމެނެއެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް