ads
މި ސަރުކާރުން މަގާމު ދޭ އިރު ބަލާނީ ހުނަރާ ގާބިލުކަމަށް: ފަލާހް
މި ސަރުކާރުން މަގާމުތަކަކަށް އައްޔަންކުރާއިރު އެމީހެއްގެކުލައަކަށް ނަސަބަކަށް ނުބަލާކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
Advertisement

އެނާ މިހެން ވިދާޅުވީ ޖަޕާންގެ ސަފީރުކަމަށް އަހްމަދު މަހްލޫފް އައްޔަންކުރަން ސަރުކާރުން ފޮނުވުމުން އެ ނަން ދިރާސާކުރުމަށްފަހު މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ. 

ފަލާހް ވިދާޅުވީ ޖަޕާން ސަފީރުކަމަށް އައްޔަންކުރަން ފޮނުއްވީ މަހްލޫފަކީ އެކަމަށް ރާއްޖެއިން ނޭގޭނެ އެންމެ ރަނގަޅު ބޭފުޅާކަމަށެވެ. އަދި މި ސަރުކާރުން މަގާމަކަށް މީހުން އައްޔަންކުރާއިރު އެމީހެއްގެ ކުލަޔަކަށް ނަސަބަކަށް ނުބަލާނެކަމަށެވެ. 

" ގައުމަށް ހިދުމަތް ކުރުމުގައި އެބޭފުޅާއަށް އެކަމުގެ ގާބިލުކަމާއި ހުނަރާ ތަޖުރިބާ ހުރި މިންވަރަކަށް މި ސަރުކާރުން ބަލާނީ." ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ މަހްލޫފް އަކީ މިދިޔަ އެމްޑީޕީ ވެރިކަމުގައި އެންމެ ހިންގުންތެރި އަދި އެންމެ ރަނގަޅު ވަޒީރުކަމަށެވެ.

މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން ވެލީދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވަނީ ޖަޕާން ސަފީރަށް މަހްލޫފް އައްޔަންކުރުމަށް ނިންމި ނިންމެވުމަށް ފާޑު ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް