ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ހިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބާއްވާ ބައްދަލުވުމެއް ކަމަށް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުން އޮންނާނީ 2025 ޑިސެމްބަރު 4 ވާ ބުރާސްފަތި ދުވަަހުގެރޭ 20:30ގައި ތާޖުއްދީން ސްކޫލްގައި ކަމުގައި އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ރައީސް ވަނީ ވިލިމާލެ އަދި މާލޭގެ ބައެއް އަވަށްތަކުގެ މީހުންނާއި ބައްދަލުކުރައްވާފައިވެ އެވެ.