ads
ސިޓީ ކައުންސިލް މެންބަރު ނަހުލާ
ކައުންސިލަރު ނަހުލާ އެގްރިމެންޓްތަކެއް ނަތްތާލަން އުޅުނު މައްސަލަ ފުލުހުންނަށް
ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ބިންތަކެއް އެގްރިމެންޓްތަކެއް ނަތްތާލަން އުޅުނު މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ.
Advertisement

މިއަދު އޮތް މާލެ ސިޓީ ކައުންސިލްގެ ޖަލްސާގައި ވާހަކަދައްކަވަމުން މާލޭގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވީ މާލޭގެ ބިންތަކަކާ ބެހޭ ކޮންޓްރެކްޓެއް ނަހުލާ ނައްތާލަން އުޅުނުކަމަށެވެ. އެގޮތުން ނަހުލާ އެ ކޮންޓްރެކްޓްތައް ވިދާލާ މަންޒަރު ފެންނަ ވީޑިއޯވެސް ހުރިކަން މޭޔަރު އާޒިމް ފާހަގަކުރެއްވިއެވެ. 

އާޒިމް ވަނީ ނަހުލާ ކޮންޓްރެކްޓްތައް ވިދާލާ މަންޒަރު ފެންނަ ވީޑިއޯ ހުރިހާ ކައުންސިލަރުންނާވެސް މިއަދު ހިއްސާކޮށްފައެވެ. ނަހުލާ ވީދާލާ ނަތްތާލަން މަސައްކަތްކޮށްފައިވަނީ އެ ކައުންސިލުން މި ފަހުން އާއްމުކުރި ބިމުގެ ދަފުތަރުގައި ނުހިމެނި އޮތް ކޮންޓްރެކްޓެއް ކަމަށްވެސް އާދަމް އާޒިމް ވިދާޅުވިއެވެ.

ރަސްމީ ލިޔެކިޔުމެއް ވީދާލުމަކީ ޖިނާއީ ކުށެއް ކަމަށާއި ސިޓީ ކައުންސިލުގައި ހުންނަ އެއްވެސް ލިޔެކިޔުމެއް ނައްތާލުމުގެ ބާރު އެ ކައުންސިލުގެ އެއްވެސް މެމްބަރަކަށް ލިބިގެން ނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ފުލުހުންނާއި އެލްޖީއޭއަށް ހުށައަޅާފައިވާކަމަށް އާދަމް އާޒިމް ވިދާޅުވިއެވެ. 

" މިތަނުގައި ފެންނަން ހުރި ޑޮކިއުމެންޓުތަކަށް ބަލައި އާއްމުކޮށްފައިވާ ބިމުގެ ލިސްޓުގައި ނުހިމެނިފައިވާ ކަމަށް އެ ބުނާ ކޮންޓްރެކްޓެއްގެ ޑޮކިއުމެންޓުތަކެއް ނައްތައިލުމަށްޓަކައި މި ތަނުގެ ކައުންސިލަރަކު މަސައްކަތް ކޮށްފައިވާ ވީޑިއޯ ފުޓޭޖު އަޅުގަނޑުމެންގެ އަތުގައި އެބަހުރި،" އާޒިމް ވިދާޅުވިއެވެ.

ކައުންސިލްގެ ކަންކަން ހުރީ ވަރަށް ގޯސްކޮށްކަމަށާއި އެކަން ކަން ހާމަކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ. 

" މިހާރުވެސް ގޯސްކޮށް މި ތަނުގެ ކަންތައްތައް ހުރިކަން އަޅުގަނޑުމެން މި ހާމަ ކޮށްދެނީ، އެހެންވީމާ މިހާވެސް ގޯހޭ މި ތަނުގެ ކަންތައްތައް ހުރި ގޮތް، އެ އެއްޗެހި ނައްތާލައިފައި ހުރިކަމުގެ ވީޑިއޯ ފުޓޭޖު އެބަހުރި." އާދަމް އާޒިމް ވިދާޅުވިއެވެ.

މޭޔަރު އާޒިމްގެ ވާހަކަކަށް ނަހުލާ ވަނީ މިއަދު ކައުންސިލް ބައްދަލުވުމުގައި ޖަވާބުދާރީވެޑައިގެންފައެވެ. އެގޮތުން މޭޔަރު ވިދާޅުވި އެގްރިމެންޓް ވީދާލިކަމަށް ނަހުލާ އިއުތިރާފުވެވަޑައިގެންފައެވެ. ނަހުލާ ވިދާޅުވީ އޭނާ ވީދާލީ ކުރީގެ ތާރީހެއް ޖަހައިގެން ވިލިމާލޭގެ ބިމެއް ހަވާލުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ސޮއިކުރި ލިޔުމެއް ކަމަށެވެ.

" މިދިޔަ ބުދަ ދުވަހުގެ ކައުންސިލް ޖަލްސާގައި ވިލިމާލޭގެ ގިނަ ޕްރޮޖެކްޓުތަކެއް ލިސްޓުގައި ނެތް ވާހަކަ އަޅުގަނޑު ދެންނެވުމުން މާލެ ސިޓީ ކައުންސިލުގެ މޭޔަރު އަންގަވައިގެން ކަމަށް ވިދާޅުވެ، ބުރާސްފަތި ދުވަހު ބޯކޮށް ވާރޭ ވެހިވެހި އޮއްވައި ކައުންސިލް އިދާރާއަށް ހާޒިރުކޮށްގެން ބެކް ޑޭޓުކޮށް ހަ މަސް ދުވަހުގެ ކުރީގެ ތާރީހެއް ޖަހާފައި އޮތް، ބިން ހަވާލުކުރާ ލިޔުން، ތި ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ގްރޫޕަށް ލާފައި އޮންނާނެ ބިން ހަވާލުކުރާ ލިޔުން، އޮޅުވާލައިގެން ހަވާލުކުރަން އުޅުނީ" ދިފާއުގައި ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ އޮޅުވާލައިގެން ސޮޮއިކުރި ލިޔެކިޔުމަކީ ކައުންސިލްގައި އޮންނަންޖެހޭ އެއްޗަކަށް ނުވާތީ އެ ލިޔުން ވީދާލިކަމަށް ނަހުލާ ވިދާޅުވިއެވެ.

މާލެއިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ލިސްޓް ކައުންސިލުން ދާދި ފަހުން ވަނީ އާއްމުކޮށްފައެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް