މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. ފުރަތަމަ މަންޒިލެްްގެ ގޮތުގައި ދަތުރުތައް ފެށީ ބ. ކަމަދޫއަށެވެ.
މޯލްޑިވިއަނުން ބުނީ ސީޕްލޭން ފަށާ ދެވަނަ މަންޒިލަކީ ނ.ވެލިދޫކަމަށެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ ބުދަ އަދި ބުރާސްފަތި ދުވަހު ވެލިދޫއަށް ދަތުރުތައް އޮންނާނެކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ.
ވެލިދޫ ސީ ޕްލޭންގެ ޓިކެޓްގެ އަގަކީ ދިވެހިންނަށް ކޮޅަކަށް 999 ރުފިޔާކަމަށް މޯލްޑިވިއަނުން ބުނެއެވެ. އަދި މިއަދު ފެށިގެން ޓިކެޓް ބުކިން ހެދޭނެކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ.
ކަމަދޫއަށް ސީ ޕްލޭންގެ ހިދުމަތް ފެށީ މޯލްޑިވިއަން އާ ހޯކްސް ހޮޓެލާއި ގުޅިގެންނެވެ.