ads
ހުސްނާ ފަހުމީގެ "ދިވެހީންގެ ވަތަން"، ކަށިމާ ޝާކިރު ނެރެދެއްވަނީ - ފޮޓޯ: ސަން
ހުސްނާ ފަހުމީގެ ދިވެހީންގެ ވަތަން ނެރެފި
ހުސްނާ ފަހުމީގެ އަރާކުރި ސިލްސިލާގެ 47 ވަނަ ފޮތް، "ދިވެހީންގެ ވަތަން" ފޮތް މިއަދު ނެރެފި އެވެ.
Advertisement

ގައުމީ ކުތުބުހާނާގައި މިއަދު ހަވީރު އޮތް ހަފުލާއެއްގައި މި ފޮތް ނެރެދެއްވީ، ދިވެހި ތާރީހްގެ ދާއިރާ އިސްވާރު އަހުމަދު ޝާކިރު (ކަށިމާ ޝާކިރު) އެވެ. 

ތައުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ، ހުސްނާ ފަހުމީގެ އަރާކުރި ސިލްސިލާގައި ހިމެނެނީ، ދިވެހި ބަހުގެ ހަތަރު ހުނަރަކަށް އަމާޒުކޮށް، އެކި އުމުރުފުރާތަކުގެ ދަރިވަރުންނަށް ހާއްސަކޮށްފައިވާ ފޮތްތަކެވެ. 

އެ ފޮތަކީ ހުސްނާ ފޮތް ނެރެއްވަމުން ގެންދަވާ "އަރާކުރި ސީރީޒް"ގެ 47 ވަނަ ފޮތެވެ. އެ ފޮތްބަޔަކީ، ދިވެހިބަހުގެ ކިޔުމާއި ލިޔުންތެރިކަމުގެ ހުނަރު ކުރިއެރުވުމަށް ޝައުގުވެރިވާ ކުދިންނަށް، އެކަމުގައި ކުރިއަށްދިޔުމަށްޓަކައި އެހީތެރިވުމުގެ ގޮތުން ހުސްނާ ލިޔުއްވަމުން ގެންދަވާ ސިލްސިލާއެކެވެ.

ދިވެހިބަހުން ފޮތްލިޔެ އެކުލަވައިލުމާއި، ޝާއިއުކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު މި އަހަރު ހާސިލުކުރެއްވި ހުސްނާ ވިދާޅުވި ގޮތުގައި، މި ފޮތް ލިޔުއްވުމުގެ ހިޔާލު އުފެދުނީ މިދިޔަ އަހަރު ރާއްޖޭގެ ސުކޫލުތަކުގައި ގައުމިއްޔަތު މާއްދާ ކިޔަވައިދޭން ސަރުކާރުން އިއުލާނު ކުރުމުންނެވެ. 

އެ ހިޔާލު ފުޅާކޮށްގެން ނެރުއްވި މި ފޮތުން، ދަރިވަރުންނާއި ދިރާސާތައް ކުރާ މީހުންގެ މައުލޫމާތު މުއްސަނދި ވާނެ ކަމަށް ހުސްނާ އުއްމީދު ކުރައްވަ އެވެ.

މި ފޮތް އަސްރަފީ އާއި ރައުންޑް ވަން ބުކްޝޮޕުން ލިބެން ހުންނާނެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް