އެޗްޑީސީން މިއަދު ނެރުން ބަޔާނެއްގައި ބުނެފައި ވަނީ މިއީ ހިޔާ ފުލެޓު ލިބިފައިވާ ފަރާތްތަކަށް ސަރުކާރުން ދެއްވި ލުއިތައް ރަސްމީކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމުގައި އެވެ.
މިކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއް ކަމަށާއި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ވައުދުފުޅު ފުއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ހިމެނޭ މުހިންމު އެއް މަސައްކަތެއް ކަމަށް އެޗްޑީސީން ބުނެ އެވެ.
ހިޔާ ފުލެޓުތަކުގެ އެއްބަސްވުމަށް ގެނެވުނު އިސްލާހުތަކާއި އަގަށް އައި ބަދަލުތަކުގެ ސަބަބުން، ފުލެޓު ލިބިފައިވާ ގިނަ ފަރާތްތަކަށް މާލީ ގޮތުން ލުއިތަކެއް ލިބިގެންދާނެކަމަށް ގަބޫލު ކުރެވޭ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.
ސަރުކާރުގެ މިފަދަ ކަންކަމުގައި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ބޯހިޔާ ވަހިކަމާއި ގުޅުން ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް އެޗްޑީސީން ކުރަމުން ގެންދާނެކަމަށް އެ ކޯޕަރޭޝަނުން ފާހަގަ ކުރި އެވެ.