ads
އުރީދޫ އެމް ފައިސާ
ތޫފާނުގަ ގެއްލުންވި ގައުމުތަކަށް އެމްފައިސާއިން ފީއަކާ ނުލައި ފައިސާ ފޮނުވޭނެ
އުރީދޫ ފިންޓެކް މޯލްޑިވްސް އިން ފޯރުކޮށްދޭ އެމްފައިސާގެ ހިދުމަތް މެދުވެރިކޮށް، ތޫފާނާއި މޫސުން ގޯސްވުމުގެ ސަބަބުން ގެއްލުން ލިބުނު ގައުމުތަކަށް އެއްވެސް ފީއެއް ނުނަގައި ފައިސާ ފޮނުވޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފިއެވެ.
Advertisement

މިއީ މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކާއި ރައްޓެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން އަވަސްކުރުމުގެ މަގްސަދުގައި އުރީދޫއިން ނިންމި ނިންމުމެކެވެ.

އުރީދޫއިން ބުނި ގޮތުގައި މި ހިދުމަތް މެދުވެރިކޮށް، މި މަހުގެ ނިޔަލަށް އެއްވެސް ޓްރާންސްފާ ޗާޖަކާ ނުލައި ލަންކާ، އިންޑޮނޭޝިއާ، މެލޭޝިއާ އަދި ތައިލެންޑަށް ފައިސާ ފޮނުވޭނެއެވެ. މަނީގްރާމްއާ ގުޅިގެން ދެމުން އަންނަ އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތުގެ ތެރެއިން ދުވާލަކު 10،000 ޑޮލަރާ ހަމައަށް ފައިސާ ފޮނުވޭނެ ކަމަށް ވެސް އެ ފަރާތުން ބުންޏެވެ. އަދި އެއްވެސް ތަނަކަށް ނުގޮސް ގޭގައި ތިބެގެން މޮބައިލް ފޯނު މެދުވެރިކޮށް މިކަން ފަސޭހަކަމާއެކު ކޮށްލެވޭނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މިކަމާ ގުޅިގެން އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ، ރާއްޖެއަކީ އަވަށްޓެރި ގައުމުތަކާ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމަށާއި، ގިނަ ދިވެހިންނާއި ރާއްޖޭގައި އުޅޭ ބިދޭސީންގެ އާއިލާތައް އެ ގައުމުތަކުގައި ދިރިއުޅޭ ކަމަށެވެ. އެހެންކަމުން ޓްރާންސްފާ ފީއަކާ ނުލައި ފައިސާ ފޮނުވޭނެ ގޮތް ހެދުމުން، ދަތި އުނދަގޫ ދަނޑިވަޅުގައި އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް