ads
ރައީސް މުއިއްޒު މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
އެދޭ ކަންކަން ހައްލުކުރުމަށް އިސްކަމެއް ދެން، ގިނަ ކަންކަން ހައްލުކޮށްދީފިން: ރައީސް
ވަރަށް ގިނަ ރައްޔިތުން އެކިއެކި ބައްދަލުވުންތަކުގައި އެ މަނިކުފާނަށް އަރުވާ ސިޓީތަކުގައި އެދިފައިވާ ގިނަ ކަންކަމަށް ހައްލު ގެނެސްދީފައިވާނެ ކަމަށާއި ރައްޔިތުން އެދޭ ކަންކަމަކީ ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން ހައްލުކުރަން މަސައްކަތްކުރާ ކަންތައްތައް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ، މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކޮންމެ ރައްޔިތަކަށްވެސް ދިމާވާ މައްސަލަތައް ހައްލުކުރުމަަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރައްވާކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތަކުގައި ހުށަހަޅާ ކަންތައްތަކަށް ވަރަށް އީޖާބީ ގޮތެއްގައި ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ހިޔާލުތަކާއި، މަޝްވަރާތައް ހިއްސާކުރުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.

"ކޮންމެ ކަމެއްވެސް ތިބޭފުޅުން ވިދާޅުވާ ކޮންމެ ކަމަކަށްވެސް އަޅުގަނޑުމެން ވަރަށް ސީރިއަސް ކަމާއެކީގައި އެއަށް އީޖާބީ ގޮތެއްގައި ކަންތައްތައް ހައްލުކުރުމުގެ މަސައްކަތް ކުރާނަން." ރައީސް ވިދާޅުވި އެވެ.

މިރޭގެ ބައްދަލުވުން ނިމިގެން ރައްޔިތުންނަށް އަމިއްލަ ކަމެއްގައި ވިޔަސް އެ މަނިކުފާނާ ސިޓީއެއް ހަވާލުކޮށްލުމުގެ ފުރުސަތު އޮންނާނެކަން އެ މަނިކުފާނު ފާހަގަކުރައްވި އެވެ. އަދި ރައްޔިތުންގެ ކޮންމެ ހުށަހެޅުމެއް ދޫކޮށްނުލައި އެ ކަމަކަށް "އިރާދަކުރެއްވިއްޔާ އެޓެންޑްވާނެ" ކަމަށް ރައީސް ވިދާޅުވި އެވެ.

މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަން މި ސަރުކާރަށް ދެ އަހަރު ފުރުނު ދުވަހުގެ ރޭ (މިދިޔަ ނޮވެމްބަރު 17) އިއުލާން ކުރެއްވި ފަހުން ރައީސް މުއިއްޒު މިހާތަނަށް ވަނީ ތިން އަވަށުގެ މީހުންނާ ބައްދަލުކުރައްވައިފަ އެވެ. އެއީ ވިލިމާލެ އާއި މައްޗަންގޮޅި އަދި މާފަންނެވެ. އެ ދެ ބައްދަލުވުމުގައި ވެސް ރައްޔިތުން ހަވާލުކުރި ސިޓީތަކާއި ވިދާޅުވެފައިވާ ކަންކަމަށް ވީހާ ވެސް ރަނގަޅަކަށް ކަންކަން ކޮށްދެވޭތޯ ބައްލަވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް